ads
އެންމެ މުއްސަނދި އެތްލީޓުންގެ ތެރޭގައި ހިމެނޭ މޭވެދާ
ފްލޮއިޑުގެ ޖަނާޒާގެ ހުރިހާ ހަރަދެއް ކުރާނީ މޭވެދާ
ފުލުހެއްގެ އަނިޔާވެރި އަމަލަކާއި ގުޅިގެން މަރުވި، އެމެރިކާގެ ކަޅު ނަސްލުގެ ރައްޔިތެއް ކަމަށްވާ ޖޯޖް ފްލޮއިޑުގެ ޖަނާޒާގެ ހުރިހާ ހަރަދެއް ކުރުމަށް، މަޝްހޫރު ބޮކްސިން ތެޅުންތެރިޔާ ފްލޮއިޑް މޭވެދާ ހުށަހަޅައިފި އެވެ.

ދުނިޔޭގެ އެންމެ މުއްސަނދި އެތްލީޓުންގެ ތެރޭގައި ހިމެނޭ، އެމެރިކާގެ ކަޅު ނަސްލަށް ނިސްބަތްވާ ފްލޮއިޑް މޭވެދާއަކީ ބޮކްސިންގެ ވޯލްޑް ޗެމްޕިއަންކަން ފަސް ފަހަރު ހޯދާފައިވާ ބޮކްސިން ތެޅުންތެރިއެކެވެ. 

ބީބީސީން ބުނާ ގޮތުގައި މޭވެދާގެ ޕްރޮމޯޝަނަލް ކުންފުނިން ވަނީ، ފުލުހެއްގެ އަނިޔާވެރި އަމަލަކާއި ގުޅިގެން މަރުވި، އެމެރިކާގެ ކަޅު ނަސްލުގެ ރައްޔިތެއް ކަމަށްވާ ޖޯޖް ފްލޮއިޑުގެ ޖަނާޒާގެ ހުރިހާ ހަރަދެއް މޭވެދާގެ ފަރާތުން ކުރާނެކަން ހާމަކޮށްފަ އެވެ. އަދި މިއީ، ނަސްލީ ތަފާތުކުރުންތަކާއި ދެކޮޅުކަން ހާމަކޮށްދިނުމާއި، މަރާލި ޖޯޖް ފްލޮއިޑަށް އިންސާފު ހޯދައިދިނުމުގައި އެންމެ ކުރީ ސަފުގައި ހުންނާނެކަން ހާމަކުރުމުގެ ގޮތުން މޭވެދާގެ ފަރާތުން ހުށަހެޅި ހުށަހެޅުމެއް ކަމަށް ވެސް މޭވެދާގެ ޕްރޮމޯޝަނަލް ކުންފުނިން ބުންޏެވެ.

ފުލުހެއްގެ އަނިޔާވެރި އަމަލަކާއި ގުޅިގެން މަރުވި، އެމެރިކާގެ ކަޅު ނަސްލުގެ ރައްޔިތެއް ކަމަށްވާ ޖޯޖް ފްލޮއިޑަށް އިންސާފު ހޯދައިދިނުމަށް ގޮވާލުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތްލީޓުން އަންނަނީ ބައިވެރިވަމުންނެވެ. އެގޮތުން ވަކިވަކި ކުޅިވަރުތަކުގެ އެތްލީޓުންގެ އިތުރުން ޓީމްތަކުން ވެސް އަންނަނީ އެކަމުގައި ބައިވެރިވެ ނަސްލީ ތަފާތުތަކާއި ދެކޮޅަށް އަޑު އުފުލަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް