ads
ސަންޗޯ މާސްކް ނާޅައި ބޯކޮށަން އިން ފޮޓޯ
މާސްކް ނާޅާ ބޯކޮށައިގެން ސަންޗޯއަށް ޖޫރިމަނާއެއް
ކޮވިޑާ ގުޅިގެން ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ މާސްކް ނާޅާ، ބޯކޮށައިގެން ބޮރޫޝިއާ ޑޯޓްމަންޑުގެ ޖޭޑަން ސަންޗޯ ޖަރުމަން ފުޓްބޯޅަ ފެޑެރެޝަނުން ޖޫރިމަނާކޮށްފިއެވެ.

ކޮވިޑާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ޖަރުމަނު ލީގުގައި ވާދަކުރާ ހުރިހާ ކުޅުންތެރިންވެސް އެކަކު އަނެކަކާ ބައްދަލުވާ އިރު މާސްކު އެޅުން އޮތީ ލާޒިމުކޮށްފައެވެ. އެހެންނަމަވެސް މާސްކް ނާޅާ، ބޯކޮށަން އިން ފޮޓޯއެއް އާންމުވުމާއި ގުޅިގެން އުމުރުން ވިހި އަހަރުގެ ސަންޗޯއަށްވަނީ ޖަރުމަނު ލީގުގެ ޖޫރިމަނާއެއް އައިސްފައެވެ.

މާސްކް ނާޅާ، ބޯކޮށަން އިން ފޮޓޯއެއް އާންމުވުމާއި ގުޅިގެން ސަންޗޯއަށް ޖޫރިމަނާއެއް އައިއިރު، އޭނާ އެކަމުގެ ދިފާއުގައި ބުނެފައިވަނީ ބޯކޮށީ މާސްކް އަޅައިގެން ކަމަށާއި އެހެންނަމަވެސް ފޮޓޯއެއް ނަގަން ވެގެން މާސްކު ނެގީ ކަމަށެވެ. އެހެންނަމަވެސް ފެޑެރޭޝަނުން ނިންމީ، ސަންޗޯވަނީ ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް ނާޅާ، ގަވާއިދާ ހިލާފުވެފައި ކަމަށެވެ. އެ ޖޫރިމަނާއަކީ ޖޯކެއްގެ ގޮތުގައި ސަންޗޯ ސިފަ ކުރިނަމަވެސް ފެޑެރޭޝަނުންވަނީ އެއީ ސީރިއަސް ފިޔަވަޅެއްކަމަށް ބުނެފައެވެ.

މީގެ ކުރިން ޖަރުމަނު ލީގުގެ ކޯޗަކު، ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް ނާޅައި، ދަތް އުނގުޅާ ބޭސް ފުޅިއެއް ގަންނަން ދިޔަ މައްސަލައިގައި ސަސްޕެންޑްވެސް ކުރިއެވެ. ކޮވިޑާ ގުޅިގެން މެދުކަނޑާލާފައިވާ ފުޓްބޯޅަ ޖަރުމަނުގައި އަލުން ފަށާފައިވާއިރު ރައްކާތެރިކަމުގެ ގޮތުން ހަރުކަށި އުސޫލުތަކެއްވަނީ އެކުލަވާލާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް