ads
މުހައްމަދު ޝިފާޒު- އެމްޑީޕީ ނައިބު ރައީސް
އެމްޑީޕީއަށް އަމާޒުކޮށް އެއްޗެއް ބުނަން ޖެހޭނީ ހަ ފަހަރު ވިސްނާފަ: ޝިފާޒު
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާ ގުޅޭ ގޮތުން ވާހަކަ ދައްކަން ޖެހޭނީ ހަ ފަހަރު މަތިން ވިސްނާލުމަށް ފަހުގައިކަމަށް އެޕާޓީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް ވިދާޅުވެއްޖެ އެވެ.

ޝިފާޒު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމިން ވެރިކަން ނިމުމަކަށް ގެނައުމަށް އެމްޑީޕީން ކުރި ބުރަ މަސައްކަތް އެންމެންނަށް އެނގޭނެކަމަށާއި އެ ޕާޓީން ގައުމަށްޓަކައި ކުރާ ބުރަ މަސައްކަތަކީ އެއްވެސް ބަޔަކަށް އޮޅިފައި ނުވާނެ ކަމެއް ކަމަށެވެ.

އެހެންކަމުން އެމްޑީޕީއާ ގުޅިގެން  ވާހަކަ ދެއްކުމުގެ ކުރިން ރަނގަޅަށް ވިސްނާ ފިކުރު ކުރުން މުހިންމުކަމަށްވެސް ޝިފާޒުގެ ޓްވީޓްގައި ވަނީ ފާހަގަކޮށްފަ އެވެ.

އެމްޑީޕީއާ ބެހޭގޮތުން ދޮގު ވާހަކަ ފަތުރަމުން  އަންނަކަމަށް ބުނެ ޝިފާޒު ޓްވީޓް ކުރެއްވީ މިސަރުކާރުގެ ފުރަތަމަ ޖެންޑާ މިނިސްޓަރު ކަން ކުރެއްވި ޝިދާތާ ޝަރީފް އެމްޑީޕީއަށް ފާޑުވިދާޅުވެ އެނާގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓަކާއި ގުޅިގެންނެވެ.

އެގޮތުން އެޕޯސްޓުގައި ޝިދާތާ ވިދާޅުވީ އަދާލަތު ޕާޓީގެ ގޮނޑިއެއް މަޖިލީހުގައި ނެތަސް އަދި އެ ޕާޓީއަކީ ކުޑަ ޕާޓީއެއް ނަމަވެސް ކޮންމެ ފަހަރަކު ވެރިކަމަށް އަންނަން ބޭނުންވާ ވޯޓު ހަމަކޮށްދެނީ އެޕާޓީން ކަމަށެވެ. އަދި މަޖިލީހުގައި ހިނގާދިޔަ ކަންކަމުގެ ތެރެއަށް ޝޭހް އިމްރާން އަބްދުﷲ ވަންނަނީ އަދާލަތު ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ނޫން ކަމަށާއި ދާހިލީ ވަޒީރެއްގެ ހައިސިއްޔަތުން ކަމަށްވެސް ޝިދާތާގެ ޓްވީޓްގައި ފާހަގަކޮށްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް