ads
ޑރ. ޝަހީމް --
ދިވެހި ރާއްޖެ އަކީ މުސްތަގިއްލު ގައުމެއް: ޑރ.ޝަހީމް
ދިވެހި ރާއްޖެއަކީ މުސްތަގިއްލު ގައުމެއް ކަމުގައާއި ރާއްޖޭގެ ސިޔާސަތުތައް ވަކި ބަޔަކު އެދޭހާ ގޮތަކަށް ބައްޓަންކުރަން ނުޖެހޭނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އިސްލާމީ ޔުނިވަރސިޓީގެ ކުރީގެ ޗާންސެލަރ ޑރ.މުޙައްމަދު ޝަހީމު ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ދިވެހި ރާއްޖެއަކީ މުސްތަގިއްލު ގައުމެއް ކަމުގައާއި ރާއްޖޭގެ ސިޔާސަތުތައް ވަކި ބަޔަކު އެދޭހާ ގޮތަކަށް ބައްޓަންކުރަން ނުޖެހޭނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އިސްލާމީ ޔުނިވަރސިޓީގެ ކުރީގެ ޗާންސެލަރ ޑރ.މުޙައްމަދު ޝަހީމު ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް ކުރެއްވި ޓްވީޓޭއްގައި ވިދާޅުވީ ރާއްޖެއަކީ މުސްތަގިއްލު ގައުމެއް ކަމުގައާއި ރާއްޖޭގެ ސިޔާސަތުތައް ވަކި ބަޔަކު އެދޭހާ ގޮތަކަށް ބައްޓަންކުރަން ނުޖެހޭނެ ކަމަށާއި ދިވެހި ދައުކަތުގެ މަތިވެރިކަން ދަމަހައްޓަން ޖެހޭނެ ކަމަށެވެ. އަދި އެކަން ރާއްޖޭގެ ކޮންމެ ސިޔާސީ ވެރިއަކުވެސް އަދި ރައްޔިތަކުވެސް ކުރަންވާނޭ ކަމަށް ޝަހީމް ވިދާޅުވިއެވެ.

ޑރ.ޝަހީމް ކުރެއްވި އިތުރު ޓުވީޓެއްގައި ވަނީ ޗައިނާއަކީ ދިވެހިރާއްޖޭގެ މުހިންމު އިސްތިރާޖީ ބައިވެރިއެއް ކަމަށާއި އަދި ރާއްޖޭގެ ޢުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމުގައި އެންމެ މުހިއްމު ބައިވެރިޔާ ކަމަށެވެ.

އަދި ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ގިނައިން ރާއްޖެއަށް ޒިޔާރަތްކުރަނީ ޗައިނާގެ ފަތުރުވެރިންކަން ފާހަގަ ކުރައްވާ ޝަހީމް ވިދާޅުވީ ދިވެހިރާއްޖޭގެ އެކުވެރި ގައުމެއްގެ އަގު ވައްޓައިލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ޑރ.ޝަހީމު އެފަދަ މޭރުމަކުން ޓްވީޓު ކުރައްވާފައި މިވަނީ ރައީސް ނަޝީދު އިންޑިޔާއަށް ކުރައްވަމުންގެންދަވާ ދަތުރުގައި ޗައިނާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރައްވައި، ތުހުމަތުތަކެއް ކުރައްވާފައިވަނިކޮށެވެ. އެގޮތުން ނަޝީދު ވަނީ ޗައިނާއިން ދިވެހިރާއްޖޭގެ ތަރައްގީއަށް އެއްވެސް ކަމެއް ކޮށްދީފައިނުވާ ކަމަށް ވިދާޅުވެ ޗައިނާއަކީ ބިން ފޭރޭ ގައުމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް