ހޮނިހިރު ދުވަހުގެ ރޭ ބަޔާނުން ލެވަކޫސަން އަތުން މޮޅުވީ ހަތަރު ލަނޑު ދެ ލަނޑުންނެވެ.
ކޮވިޑާ ގުޅިގެން މެދު ކަނޑާލުމަށް ފަހު، އަލުން ފަށާފައިވާ ބުންޑަސްލީގާގައި ބަޔާނުން ވަނީ ފަހުން ކުޅުނު ފަސް މެޗުވެސް ކާމިޔާބުކޮށްފަ އެވެ. ބާކީ ހަތަރު މެޗު ކުޅެން އޮތްއިރު އޭގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށްގެން ވިދިވިދިގެން އަށްވަނަ ފަހަރަށް ބަޔާން މިއުނިކަށް ބުންޑަސް ލީގާ ކާމިޔާބުކުރެވޭނެ އެވެ.
ބުންޑަސް ލީގާގައި ހޮނިހިރު ދުވަހުގެ ރޭ ކުޅެވުނު އެހެން މެޗުތަކަށް ބަލާއިރު، ލީގުގެ ދެވަނަ މަގާމުގައި އޮތް ބޮރޫޝިޔާ ޑޯޓްމަންޑުން ވަނީ އެއް ލަނޑުން ހާތާބާލިން ބަލިކޮށް ލީގާއި މެދު އޮތް ކުޑަ އުއްމީދު އަނެއްކާ ވެސް އާކޮށްފަ އެވެ. ބަޔާން މިއުނިކަށް ވުރެ ހަތް ޕޮއިންޓް ފަހަތުގައި އޮތް ޑޯޓްމަންޑަށް އޮތް އުއްމީދަކީ ބަޔާނުން ކުރިއަށް އޮތް ހަތަރު މެޗުން ޕޮއިންޓްތަކެއް ގެއްލި، ޑޯޓްމަންޑުގެ މެޗުތަކުން މޮޅުވުމެވެ.
ބުންޑަސް ލީގާގެ އެއްވަނަ މަގާމުގައި ބަޔާނުން އޮތީ ތިރީސް މެޗުން ހަތް ދިހަ ޕޮއިންޓާ އެކު އެވެ. ދެވަނައިގަ ޑޯޓްމަންޑް އޮތީ ތިރީސް މެޗުން ފަސްދޮޅަސް ތިން ޕޮއިންޓް ހޯދައިގެންނެވެ.