ads
ތައިމުރް ސާރާއަށް ކިޔާ އުޅޭ ނަން އިނގޭތަ؟
ސައިފް ގެ އެންމެ ކުޑަ ދަރިފުޅު ތައިމުރް އޭނާގެ ދައްތަ ސާރާ އަށް ކިޔާ އުޅެނީ ވަރަށް ލޯބި ނަމަކުން ނެވެ.

ސާރާ އަލީ ހާން އަކީ މިހާރު ބޮލީވުޑްގައި މަޝްހޫރު ވަމުން އަންނަ ތަރިންގެ ތެރެއިން އެކަކެވެ. އަދި ތައިމުރް އަކީ ބޮލީވުޑް ތަރިންގެ ކުދިންގެ ތެރެއިން ޕަޕަރާޒީ އަދި ފޭނުންގެ ތެރޭގައި އެންމެ މަގްބޫލް އެއް ކުއްޖެ ކެވެ.

ސައިފް އަލީ ހާން ގެ ކުރީގެ ކައިވެނިން ލިބިފައި ހުންނަ ސާރާ އާއި މިހާރުގެ ކައިވެނިން ކަރީނާ އާއި އެކީ ލިބިފައި ހުންނަ ތައިމުރް އަކީ ފޭނުން ތެރޭގައި މަޝްހޫރު ދެބެން ނެވެ. އެގޮތުން، ވަރަށް ފަހުން ދިން އިންޓަވިއު އެއްގައި ސާރާ ބުނީ ތައިމުރް އޭނާ އަށް ކިޔާ އުޅޭ ނަމަކީ 'ގޮލް' ކަމަށެވެ. ތައިމުރް އެހެން އޭނާގެ ދައްތަ އަށް ކިޔަނީ ކީއްވެގެންތޯ ސުވާލު ކުުމުން ސާރާ ބުނީ އޭނާ އަށް ވެސް ސަބަބަބު ނޭނގޭ ކަމަށެވެ. އަދި އޭނާ މިހާރު ފަލަ ނޫން ކަމަށާއި، އަދިވެސް ގޮލް ކިޔަންވީ ސަބަބަބު ނޭނގޭ ކަމަށް ވަނީ ބުނެފަ އެވެ.

ތައިމުރް ގެ އުފަންދުވަހު ތަހުނިޔާ ކިޔުމުގެ ގޮތުން، ސާރާ ވަނީ އިންސްޓަގްރާމް ގައި ވަރަށް ލޯބި ފޮޓޯ ތަކެއް ވެސް ފޭނުންނާއި ހިއްސާ ކޮށްފަ އެވެ.

ސާރާ ދެން އެންމެ އަވަހަށް ބޮލީވުޑް ފިލްމަކުން ފެނިގެން ދާނީ ވަރުން ދާވަން އާއި އެކު ކޫލިއޯ ގެ ރީމޭކުން ނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް