ads
ފޮޓޯ: ދިވެހި ޑްރައިވާސް
ދިވެހި ޑްރައިވަރުންނަށް ކާނަލް ނާޒިމް 6،000 ޕީޕީއީ ހަދިޔާކޮށްފި
ދިވެހި ޑްރައިވަރުންނަށް ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ޕީޕީއީ ހަދިޔާކޮށްފި އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ނާޒިމްއަފާ ފައުންޑޭޝަނުން ވަނީ ދިވެހި ޑްރައިވަރުންނަށް 6،000 ޕީޕީއީ ހަދިޔާކޮށްފަ އެވެ. 

ހަދިޔާ ކުރި ތަކެތީގެ ތެރޭގައި ހިމެނެނީ 1،000 ސެނިޓައިޒާ ފުޅި އާއި، 2،000 މާސްކް އާއި 3،000 އަންގި ކަމަށް ދިވެހި ޑްރައިވަރުން ބުނެއެވެ. 

ނާޒިމް ވިދާޅުވީ ދިވެހި ޑްރައިވަރުންނަކީ ހީވާގިކަމާއެކު ގިނައިރު މަސައްކަތުގައި ހޭދަކުރަަ ބައެއް ކަމަށެވެ. އަދި ކޮވިޑް-19 އާ ދެކޮޅަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ކުރިއަށް ދިއުމަށް ނާޒިމް ވަނީ އެމީހުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.  

އޭގެ ކުރިން ނާޒިމް ވަނީ ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތް ކުރުމަށް ދެމެހެއްޓެނިވި ޕޮލިސީއެއް ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ. ނާޒިމް ވަނީ ބައްޔަށް ވެކްސިނެއް ލިބެންދެން ލޮކްޑައުންގައި މަސްތަކެއް ނުވަތަ އަހަރުތަކެއް ތިބޭނީތޯ ސުވާލު އުފައްދަވާފަ އެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން އަދި ހާއްސަކޮށް ބަލަންޖެހޭ ފަރާތްތަކަށް އިސްކަމެެއްދީގެން ގައުމު އަދި އިގްތިސާދު ހުޅުވާލާނީތޯ ނާޒިމް، ސުވާލު އުފައްދަވަ އެވެ.

އަދި އޭނާ ވަނީ ރިސްކު ނަގައިގެން ރާއްޖެ ހުޅުވާލުމަށް ވެސް ގޮވާލާފަ އެވެ. 

ރާއްޖެއިން ކޮވިޑް-19 އާ ދެކޮޅަކަށް ކުރަމުންދާ މަސައްކަތްތަކަށް ދުނިޔޭގެ އެކި ގައުމުތަކާއި ޖަމިއްޔާތަކުންނާއި އަމިއްލަ ކުންފުނިތަކުން ދަނީ ދީލަތި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ޓެސްޓް ކިޓާއި ބަލިން ރަައްކާތެރިވުމަށް ޕީޕީއީ ފަދަ ސާމާނު އެކި ކުންފުނިތަކުން ފޯރުކޮށްދީފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް