ads
ރާޖަނީ، ރާއްޖޭގައި ވަޒީފާ އަދާކޮށްގެން ނޭޕާލުގައި ހާލުގައި އުޅޭ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އަވަދިނެތި--
ރަޖާނީ: އިންސާނިއްޔަތަށްޓަކައި ހިދުމަތް ކުރާ ނަމޫނާ ބިދޭސީއެއް
ނޭޕާލަށް ނިސްބަތްވާ ރަޖާނީ ޝްރެސްތާ، ރާއްޖެ އައީ މާތް މަގުސަދެއްގަ އެވެ. އެއީ އުފަން ވަޒަނުގައި އޭނާ ހިންގަމުން އަންނަ، "ހޭންޑް އިން ހޭންޑް" ފައުންޑޭޝަނަށް ފައިސާ ހޯދައި ނިކަމެތިންނަށް އެހީވުމަށެވެ. ރާއްޖޭގައި މަސައްކަތްކޮށް ލިބޭ އާމްދަނީން ކޮންމެ މަހަކު ވެސް ވަކި ވަރެއް ރަޖާނީ ފޮނުވަނީ އެ ފައުންޑޭޝަނަށެވެ.
ނޭޕާލަށް ނިސްބަތްވާ ރަޖާނީ ޝްރެސްތާ، ވަޒީފާ އަކަށް ރާއްޖެ އައީ މާތް މަގުސަދެއްގަ އެވެ. އެއީ އުފަން ވަޒަނުގައި އޭނާ ހިންގަމުން އަންނަ "ހޭންޑް އިން ހޭންޑް" ފައުންޑޭޝަނަށް ފައިސާ ހޯދައި ނިކަމެތިންނަށް އެހީވުމަށެވެ. ރާއްޖޭގައި މަސައްކަތްކޮށް ލިބޭ އާމްދަނީން ކޮންމެ މަހަކު ވެސް ވަކި ވަރެއް ރަޖާނީ ފޮނުވަނީ އެ ފައުންޑޭޝަނަށެވެ.

ނޭޕާލުގެ ވެރިރަށް ކަތަމަންޑޫއަށް އުފަން އުމުރުން 26 އަހަރުގެ ރަޖާނީ އަކީ ލެބޯޓްރީ ޓެކްނީޝަންކަން ކިޔަވައިގެން ހުރި ޒުވާނެކެވެ. އެކަމަކު ރާއްޖެ އައިސް މަސައްކަތް ކުރީ ލެބޯޓްރީ ޓެކްނީޝަނެއްގެ ގޮތުގައެއް ނޫނެވެ. އެންމެ ފުރަތަމަ ރާއްޖެ އައިސް އޭނާ މަސައްކަތް ކުރީ އައިލެންޑް އެކްސްޕާޓާ ގައެވެ. އެކަމަކު އޭގެ ދުވަސްތަކެއް ފަހުން ކޮރަލް ބްލެވާޑްގައި މެނޭޖަރަކަށް އުޅުމަށްފަހު މިހާރު އޭނާ އަންނަނީ ލައިފް ސަޕޯޓް ކުންފުނީގެ ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންނެވެ.

ރަޖާނީ ސީއެންއެމްއަށް ކިޔައިދިން ގޮތުގައި އޭނާ އެތަނުގައި މަސައްކަތް ކުރަނީ ވަރަށް ހިތްހަމަޖެހިގެންނެވެ. އަދި އެކުންފުނިން އޭނާ، ގައުމުގައި ކުރަމުން އަންނަ މަސައްކަތްތަށް އެހީތެރިވެދޭ ކަމަށްވެސް ރަޖާނީ ބުންޏެވެ.

މީގެ ތިން އަހަރު ކުރިން 2016 ވަނަ އަހަރު ރާއްޖެއަށް އައިސްފައިވާ ރަޖާނީގެ މަންމަ އާއި ބައްޕަ ވެސް ވަނީ މަރުވެފަ އެވެ. އޭނާ އުޅެ ބޮޑުވީ ބޮޑު ދައިތައާ އެކު އެވެ.

މައިންބަފައިން ނެތި ދިރިއުޅުމަކީ ކިހާ ވޭން ހުރި ކަމެއްކަން އޭރުއްސުރެ އޭނާއަށް ވަނީ ދަސްވެފަ އެވެ. އެހެންވެ އެފަދަ ކުދިންގެ އިހުސާސްތައް ވަރަށް ރަނގަޅަށް އެނގޭ ކަމަށް ބުންޏެވެ.

- ރަޖާނީ

ރަޖާނީ ބުނީ މައިންބަފައިން ނެތުމުން މަގުމަތިވެފައިވާ އެތައް ކުދިންނެއް ނޭޕާލުގައި ވެސް އުޅޭ ކަމަށެވެ. އަދި އޭނާގެ މަގުސަދަކީ އެފަދަ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

ހޭންޑް އިން ހޭންޑް ފައުންޑޭޝަނަކީ ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ފައުންޑޭޝަނެކެވެ. މި ފައުންޑޭޝަނުގެ ޗެއާޕާސަނަކީ ރަޖާނީ އެވެ.

އެކުވެރިންނާ ގުޅިގެން އުފެއްދި މި ފައުންޑޭޝަނަށް ފައިސާ ހޯދަން، އެ ހަތް މެމްބަރުން ވެސް ކޮންމެ މަހަކު ލިބޭ މުސާރައިން ވަކި އިންސައްތައެއް ހަދިޔާކުރަނީ ފައުންޑޭޝަނަށެވެ. އެގޮތުން އެކި މެމްބަރުން ވެސް މަސައްކަތް ކުރަނީ އެކި ގައުމުތަކުގައި ކަމުން އެކި މީހުންނަށް ހަދިޔާ ކުރެވެނީ ވެސް އެކި ވަރެވެ.

ފައުންޑޭޝަނަށް މެމްބަރުން ހަދިޔާކުރާ ފައިސާގެ އިތުރަށް ވެސް އެގައުމުގެ ހެޔޮ އެދޭ އެކި ފަރާތްތަކުން މި ފައުންޑޭޝަނަށް ދަނީ ފައިސާގެ އެހީތައް ދެމުންނެވެ.


ޅައިރުގައި މައިންބަފައިން މަރުވެފައިވާ ކުދިންނަށް އެހީވުމުގެ މަގުސަދުގައި ފެށި މި ފައުންޑޭޝަން އަދި ވަރަށް ކުޑަ އެވެ. އަދި އެހީތެރިކަން ބޭނުންވެފައި ތިބި ކުދިންނަށް އެމީހުން ފޯރުކޮށްދެނީ ކެއުމާއި އަންނައުނެވެ.

ރަޖާނީ، ރާއްޖޭގައި މަސައްކަތްކޮށް ލިބޭ އާމްދަނީން ނިކަމެތި ކުދިން ބަލަހައްޓަމުން އަންނައިރު ނޭޕާލުގައި އެ ފައުންޑޭޝަނަށް ނިސްބަތްވާ ގްރޫޕެއް ދަނީ ރާއްޖެއިން ފައިސާ ފޮނުވުމުން ނިކަމެތި ކުދިންނަށް އެހީތެރިވުމުގެ މަސައްކަތް ކުރަމުންނެވެ.

މިސް ބިއުޓިފުލް ނޭޕާލް 2012 ގައި ބައިވެރިވެ، ރަޖާނީ ވަނީ ދެވަނަ ވެސް ހޯދާފަ އެވެ. ސްކޫލު ނިންމާލުމަށްފަހު މޮޑެލިން ކެރިއަރު ފެށި ރަޖާނީ، އޭނާގެ ކިޔެވުމަށް ހުރިހާ ހަރަދެއް ކުރީ މޮޑެލް ކޮށްގެން ލިބުނު ފައިސާއިންނެވެ.

މިހާރު އޭނާގެ ވިސްނުން ހުރީ މަގުމަތީގައި ދިރިއުޅޭ ކުދިންނަށް ތައުލީމު ވެސް ފޯރުކޮށްދެވޭނެ މަގެއް ތަނަވަސް ކުރުމަށެވެ. އަދި ކުދިން ބަލަހައްޓާ ސެންޓަރެއް ނޭޕާލުގައި ހުޅުވުމަކީ ވެސް އޭނާގެ ހުވަފެނެކެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް