ads
ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ-- ފޮޓޯ: މިނިސްޓްރީ
އާތިފާ މަގާމުން ވަކިކޮށްދޭން އެދިއްޖެ
ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ، ގާބިލުނޫން ކަމަށް ބުނެ އޭނާ މަގާމުން ވަކިކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އާތިފާ މަގާމުން ވަކިކޮށްދިނުމަށް އެދި ސިޓީ ފޮނުވީ އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ މައްޗަންގޮޅި މެދު ދާއިރާގެ، އެމްޑީޕީގެ ރައީސްކަން ކުރައްވާ އިބްރާހިމް ރަމީޒެވެ.

އެގޮތުން ނަޝީދަށް ފޮނުއްވި ސިޓީގައި ވަނީ ބޯހިޔާވަހިކަމުގެ ވައުދަކީ މި ސަރުކާރުން ރައްޔިތުންނަށްވި އެންމެ ބޮޑު އެއް ވައުދު ކަމަށާއި އަދި ރައްޔިތުން މި ސަރުކާރަށް ވޯޓު ދިން ސަބަބަކީ ވެސް އެއީ ކަމަށެވެ. 

އަދި މާލޭގެ ރައްޔިތުންނަށް ގޯތި ދޭނެ ކަމަށްވި ވައުދު ފުއްދުމަށް މަސައްކަތްކުރާ ތަންވެސް ނުފެންނަ ކަމަށް އެ ސިޓީގައި ފާހަގަކުރެ އެވެ.

އޭގެ އިތުރުން ވަނީ ހުޅުމާލޭގައި އަޅާފައިވާ ފްލެޓްތައް ވެސް ހައްގުވެރިންނަށް ހަވާލުކުރަން އެންމެ އެކަށީގެންވާ ގޮތެއްގައި މަަސައްކަތް ނުކުރާ ކަމަށާއި ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭން ވިވައުދުތައް ފުއްދައިދިނުމަށް މިނިސްޓަރު ނުކުޅެދިފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އެގޮތުން ސިޓީގައި ވަނީ އާތިފާ މަގާމުން ވަކިކޮށް މިނިސްޓަރު ކަމަށް ގާބިލު ފަރާތެއް އައްޔަން ކުރުމަށް ވެސް އެދިވަޑައިގެންފަ އެވެ.

އާތިފާ މަގާމުން ވަކިކުރަން މަޖިލީހަށް ސިޓީއެއް ފޮނުވިއިރު ހިޔާ ފްލެޓްތައް ޖުލައި މަހަށް ހަވާލުކުރެވޭނެ ކަމަށް މިނިސްޓަރަށް ވިދާޅުވެވުނީ އޮޅުމަކުން ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. 

އެކަމަކު ފްލެޓުތަކުގެ މަސައްކަތް ނިންމައި މިއަހަރުގެ ކުރިން އެތަންތަން ހަވާލުކުރެވޭނެ ކަމަށް މިނިސްޓަރު އާތިފާ ވިދާޅުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް