އުތީމު ފެނަކަ ބްރާންޗުގެ ސްޓޭޝަން މެނޭޖަރު އަބްދުލް ރަޝީދު މަންސޫރު ސީއެންއެމްއަށް ވިދާޅުވީ މިއަހަރުގެ ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހު އިމާރާތް ކުރަން ފެށި އިންޖީނުގޭގައި މިހާރު ކުރިއަށްދަނީ މަތީބެރި އަޅައި އިންޖީނުގެ ރޭނުމުގެ މަސައްކަތް ކަމަ ށެވެ.
ރަޝީދު ވިދާޅުވީ މިހާރު ބޭނުންކުރާ އިންޖީނުގެ ހުންނަނީ އަވަށު ތެރޭގައިކަމަށާއި އެހެންކަމުން އަޑު ގަދަކަމުން އެ ސަރަހައްދުގެ މީހުންނަށް އުނދަގޫތަކާ ކުރިމަތިލާން ޖެހިފައިވާކަމުގެ ޝަކުވާ ކެނޑިނޭޅި ލިބެމުން އަންނަކަމަށެވެ. އަދި ވާރޭ ފެންނަގަން ބޭނުންކުރާ ފުރާޅުތައް ހަޑިވުމުގެ ޝަކުވާތައްވެސް ލިބެމުން އަންނަކަމަށާއި ނަމަވެސް އާ އިންޖީނުގެއާއެކު އެ މައްސަލަތަކަށް ހައްލު ލިބިގެންދާނެކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
އުތީމުގައި އިމާރާތްކުރަން ފެށި އިންޖީނުގޭގެ މަސައްކަތް ީ ނާސާ ލިންކް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ 270 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ. އެރަށު އާ އިންޖީނުގެ އެޅުމުގެ މަސައްކަތުގެ އަގަކީ ޖުމްލަ 7.3 މިލިއަން ރުފިޔާ އެވެ.
އުތީމުގެ އިންޖީނުގޭގެ މަސައްކަތް ކުރަމުން އަންނައިރު ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ފޯރުކޮ ށްދޭ ކަރަންޓް ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މި ސަރުކާރުން ވެސް އަންނަނީ ގިނަ މަސައްކަތަކެއް ކުރަމުންނެވެ. އެގޮތުން މިދިޔަ ފެބުުރުއަރީ މަހާ ހަމައަށް 26 އަށް ވުރެ ގިނަ ރަށްރަށުގައި އިންޖީނުގެ އިމާރާތް ކުރުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.