މީ މި މިސްކިތް ހުޚުވަން ބުނި ތާރީހު ފަސްކުރި ތިންވަނަ ފަހަރެވެ. އެ މިސްކިތް އެންމެ ފުރަތަމަ ހުޚުވަން ބުނީ މިއަހަރުގެ ޖެނުއަރީއަށެވެ. އެހިސާބަށް މިސްކިތުގެ މަސައްކަތް ނުނިމުމުން މިމަހުގެ 16 ވަނަ ދުވަހު މިސްކިތް ހުޚުވަން ނިންމިކަން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިއުލާންކުރެއްވިއެވެ.
މިއަދަށްވެސް މިސްކިތް ނުހުޅެވޭނެކަން މިނިސްޓަރު ޝަހީމް މިރޭ ވަނީ ވިދާޅުވެފައެވެ. މިނިސްޓަރު މިހާރު ވިދާޅުވަނީ މާލޭގެ ޔޫސުފުލްބަރުބަރީ މިސްކިތް ރަސްމީކޮށް ހުޅުވުން 18 ފެބްރުއަރީ ވާ ބުދަ ދުވަހު އަސްރު ނަމާދަށް ލަސްކުރެވިފައިވާކަމަށެވެ.އެ ދުވަހަކީ މިހާރު ކަލަންޑަރުގައިވާ ގޮތުން މުލަ ރޯދަ ދުވަހެވެ.
ބަރުބަރީ މިސްކިތް ހުރި ބިމުގައި އަލަށް ބިނާ ކުރީ 1400 މީހުންނަށް އެއްފަހަރާ ނަމާދަށް އެރޭވަރުގެ މިސްކިތެކެވެ.
މަޖީދީމަގާއި ރަށްދެބައިމަގު ގުޅޭ ހަތަރު އަނގޮޅި ކަންމަތީގައި ހުންނަ ބަރުބަރީ މިސްކިތް ހުރި ބިމުގައި 3 ބުރީގެ އައު މިސްކިތެއް ބިނާކުރަން އަމިއްލަ ބަޔަކާ އިސްލާމިކް މިނިސްޓްރީން ހަވާލުކުރީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަދުވަހު އެވެ.