ads
ހިޔާ ފްލެޓްތައް-- ފޮޓޯ: ވަން އޮންލައިން
ހުޅުމާލެ ދެވަނަ ފިޔަވަހިން އަދިވެސް ފެންނަނީ ޔާމީނުގެ ތަރައްގީ އެކަނި: މުއިއްޒު
ހުޅުމާލެ ދެވަނަ ފިޔަވަހިން އަދިވެސް ފެންނަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގެނެސްފައިވާ ތަރައްގީ އެކަނި ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހިޔާ ފްލެޓްތަކާއި ގުޅިގެން ކުރީ ސަރުކާރާއި މި ސަރުކާރުގެ ވެރިންގެ މެދުގައި ބަހުގެ ހަމަލާތައް ދިނުން އިތުރުވެފައިވާ މިދަނޑިވަޅުގައި ޑރ. މުއިއްޒު މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ މި ސަރުކާރުން ފަށަން ނިންމާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުއަށް 85 އިންސައްތަ ފައިނޭންސް ވެސް ބިންގާ އެޅިއިރު ހަމަޖެހިފައި ނުވާ ކަމަށެވެ. އަދި އެ މަޝްރޫއުއަށް ބަޖެޓު ހަމަޖެހުމުގެ ފުުރުސަތު ކުޑަކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު އިޝާރާތްކުރައްވާފައި އެވަނީ މި ސަރުކާރުން މާލެ ސަރަހައްދުގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އަށެވެ. އެގޮތުން ޗައިނާގެ ސައިނޯ ހައިޑްރޯ ކުންފުންޏާއި ހަވާލުކޮށްގެން ހިންގާ އެ މަޝްރޫއުގެ ބިންގާ މިދިޔަ މާޗު މަހުގެ 10 ވަނަ ދުވަހު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބޭއްވި ރަސްމިއްޔާތެއްގައި އަޅާފައިވާއިރު އެ މަޝްރޫއުގައި އަޅާނީ 15 އަދި 16 ބުރީގެ 11 ޓަވަރެވެ. އަދި އެ 11 ޓަވަރުގައި 1700 ހައުސިން ޔުނިޓު ހުންނާނެ ކަމަށް ސަރުކާރުން ބުނެފައިވާއިރު އެއީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ ހައުސިން ޔުނިޓްތަކެކެވެ. 

އެގޮތުން އެ މަޝްރޫގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ފޮޓޯއެއް ހިއްސާކުރައްވަމުން މުއިއްޒު އިތުރަށް ވަނީ އެކަމަކީ ވެސް "އޮޅިގެން" ކުރެވުނު ކަމެއްތޯ ސުވާލު އުފައްދަވާފަ އެވެ. 

ހިޔާ ފްލެޓުތައް ދިނުން ލަސްވެ އެކަމުގެ ކަންބޮޑުވުން އިތުރުވެފައިވާ މިދަނޑިވަޅުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެތަންތަނުގެ ސައިޒް ކުޑަކަމުން، އެއީ "ކޮތަރު ކޮއްޓެއް"ގެ ގޮތުގައި ސިފަ ކުރައްވާފަ އެވެ. އަދި އެތަނުގެ ފޮޓޯއެއް ހިއްސާކުރައްވާ އެއީ ދަރަނީގެ ދަންތުރައެއް ކަމަށް ވިދާޅުވި އެވެ. 

ހުޅުމާލޭގައި ދެވަނަ ފިޔަވަހީގައި ޗައިނާގެ ސްޓޭޓް އިންޖީނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީއާ ހަވާލުކުރި އެ މަޝްރޫއުގައި އިމާރާތްކުރަމުން ދަނީ 25 ބުރީގެ 16 ޓަވަރެވެ. އެއިން ކޮންމެ ފްލެޓެއްގެ ބޮޑު މިނަކީ 550 އަކަ ފޫޓެވެ.

އެ ފްލެޓުތައް ކުދި ކަމުން މީގެ ކުރިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވަނީ އެތަނަށް ޑަބަލް ބެޑަކާއި އަލަމާރިއެއް ވެއްދުމަށް ފަހު އިތުރު ޖާގައެއް ނޯންނާނެކަމަށް ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް