
ލަންކާ އަދި ސީޝެލްސްއިން ރާއްޖެއިން ޓޫރިޒަމް އިންޑަސްޓްރީ އަލުން އަނބުރާ ހުޅުވާލުމަށް ތައްޔާރު ކޮށްފައިވާ އުސޫލު ނުވަތަ އެސްއޯޕީ ކޮޕީ ކޮށްފައިވާ ކަމަށް އަލީ ހާޝިމް ވިދާޅުވީ، އަންގާރަ ދުވަހުގެ ރޭ އެމްޑީޕީގެ ޒުވާނުންގެ ގުޅުމުގެ މެންބަރުންނާއި ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އޮންލައިންކޮށް ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަމުންނެވެ.
ރާއްޖެއިން ތައްޔާރު ކޮށްފައިވާ އުސޫލު ލަންކާ އަދި ސީޝެލްސްއިން ކޮޕީ ކޮށްފައިވާ ކަމަށް ސްމިތު ވިދާޅުވުމުން، ރައީސް ނަޝީދު ވަނީ އެ އެސްއޯޕީ އެ ގައުމުތަކަށް ހެދުމަށް ދޫކޮށްލާފައި ރާއްޖެއިން އެހެން އެސްއޯޕީ އެއް ތައްޔާރު ކުރުމަށް އެދިވަޑައިގަންނަވާފަ އެވެ.
ރައީސް ނަޝީދު އެހެން ވިދާޅުވުމުން ސްމިތު ވަނީ ކުރިއަށް ވުރެ މާ ރަނގަޅު އެސްއޯޕީއެއް މިހާރު ރާއްޖެއިން ތައްޔާރު ކޮށްފައި ވާ ކަމަށް ހާމަކޮށްފައެވެ. އަދި ސީޝެލްސްއިންނާ ލަންކާއިން ރާއްޖެއިން ފުރަތަމަ ނެރިފައިވާ އެސްއޯޕީ ކޮޕީ ކޮށްފައިވާ ކަމަށާއި، އަދި ދެން ތައްޔާރު ކުރާ އެސްއޯޕީ އެއަށް ވުރެ ރަނގަޅު ވާން ޖެހޭނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.