އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރްމާއަށް މިމަހު 10 ވަނަ ދުވަހު ދަރިއަކު ލިބުނުއިރު ބޮލީވުޑުގެ އެކްޓަރެސް ދީޕިކާ ޕަޑުކޮން ވަނީ ކަޕިލްގެ ދަރިފުޅު ވަރަށް ލޯބި ކަމަށް ބުނެފައެވެ.

Advertisement
އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރްމާއަށް މިމަހު 10 ވަނަ ދުވަހު ދަރިއަކު ލިބުނުއިރު ބޮލީވުޑުގެ އެކްޓްރެސް ދީޕިކާ ޕަޑުކޮން މިވަނީ ކަޕިލްގެ ދަރިފުޅު ވަރަށް ލޯބި ކަމަށް ބުނެފަ އެވެ.
އަންހެން ދަރިއަކު ލިބުނު ހަބަރު ކަޕިލް ހިއްސާކުރުމާއެކު ގިނަ ބަޔަކު ކަޕިލް އަށް އަންނަނީ މަރުހަބާ ކިޔަމުންނެވެ.
ކަޕިލް އަށް ބޮލީވުޑުން ފުރަތަމަ މަރުހަބާ ފޮނުވި ފަންނާނަކަށް ދީޕިކާ ވާއިރު ދީޕިކާ ވަނީ އޭނާ އަށް ކަޕިލްގެ ދަރިފުޅުގެ ފޮޓޯއެއް ފެނިފައިވާ ކަމަށް ބުނެފަ އެވެ. އަދި އެކުއްޖާ ވަރަށް ލޯބި ކަމަށް ދީޕިކާ ބުނެ އެވެ.
ގިނަ ބަޔަކު މިހާރު ތިބީ ކަޕިލްގެ ދަރިފުޅުގެ ފޮޓޯއެއް ހިއްސާކުރާނެ އިރެއްގެ އިންތިޒާރުގަ އެވެ.
ދީޕިކާ މިހާރު އަންނަނީ އަންނަ އަހަރު ޖެނުއަރީ މަހު ނެރުމަށް ހަމަޖެހިފައިވާ ފިލްމު "ޗަޕާކް" ގައި މަސައްކަތް ކުރަމުންނެވެ. އެފިލްމު ނެރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ 10 ވަނަ ދުވަހު އެވެ.
ކަޕިލް އާއި އޭނާގެ އަންހެނުން ގިންނީ ޗަޓްރަތާ ކައިވެނި ކޮށްފައިވަނީ މިދިޔަ އަހަރުގެ ޑީސެމްބަރު މަހު 12 ވަނަ ދުވަހު ޖަލަންދަރުގަ އެވެ.
"ކޮމެޑީ ކިންގް"ގެ ނަމުން މަޝްހޫރު ކަޕިލްއަކީ އިންޑިއާގެ އެންމެ މަޝްހޫރު އެއް ކޮމޭޑިއަން އެވެ. ކަޕިލް ވަނީ ތަފާތު ނަން ނަމުގައި ކޮމެޑީ ޝޯތައް ކުރިއަށް ގެންގޮސްފަ އެވެ.