ads
ހުޅުމާލެ ލޭބާ ކުއާޓާ/ ފޮޓޯ:ޓްވިޓާ
މިނިސްޓަރު ފައްޔާޒު ޗައިނާއަށް ޝުކުރު އަދާކުރައްވައިފި
ހުޅުމާލެ ފޭސް 2 ގައި ތަރައްގީ ކުރެވުނު ލޭބާ ކުއާޓާތަކަށް ޗައިނާގެ ފަރާތުން ލިބުނު އެހީއަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ޝުކުރު އަދާކުރައްވައިފި އެވެ.

ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޖޮންގް ލިޖޮންގް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ދިވެހި ސަރުކާރުގެ އެދުމަށް ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން ލިމިޓެޑް (ސީއެސްސީއީސީ) ފޯރުކޮށްދިން އެހީ ބަލައިގަނެ ޝުކުރުވެރިވާކަމަށް ވިދާޅުވެ މިނިސްޓަރު ފައްޔާޒު ފޮނުވެއްވި ސިޓީ ލިބުމުން ވަރަށް އުފާވާ ކަމަށެވެ. 

ސަފީރު ވިދާޅުވެފައި ވަނީ ރާއްޖެ އާއި ޗައިނާ އަކީ އެކު އެއް ބަޔަކު އަނެއްބަޔަކަށް އަޅާލާ ދެ ބައިވެރިން ކަމަށެވެ. 

ސީއެސްސީއީސީ ގެ އެހީގައި ހުޅުމާލޭގައި ތަރައްގީ ކުރެވުނު ލޭބާ ކުއާޓާ އަކީ 800 އެއްހާ މީހުންނަށް ދިރިއުޅެވޭނެ ގޮތަށް ތަރައްގީ ކޮށްފައިވާ ތަނެކެވެ. 

ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އާއި ސީއެސްސީއީސީ ގުޅިގެން ތަރައްގީ ކުރި މި ލޭބާ ކުއާޓާގެ ބޮޑު ބައެއް ތަރައްގީ ކުރުމުގެ މަސައްކަތް ކޮށްފައި ވަނީ ސީއެސްސީއީސީ އިން ނެވެ. އެކުންފުނިން މި ކަންތައްތައް ކޮށްދީފައި ވަނީ ހިލޭ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާން މަބްރޫކް އަޒީޒް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. 

މާލޭގައި ދިރިއުޅޭ ބިދޭސީންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމައްޓަކައި ސަރުކާރުން އަންނަނީ ބިދޭސީން ދިރިއުޅޭނެ ތަންތަން މާލެ ކައިރި އެހެން ތަންތަނުގައި ތަރައްގީ ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް