ads
ދިއްލީގެ ފަސް ހޮސްޕިޓަލަކުން ފަރުވާ ނުދީ ފޮނުވާލި ކޮވިޑު ޖެހުނު މީހާ މަރުވެެއްޖެ
ކޮވިޑް-19 އާ ގުޅިގެން އިންޑިއާގެ ވެރިރަށް ދިއްލީގައި ހާލަތު ދަނީ ދުވަހެއް ދުވަހަކަށް ގޯސްވަމުންނެެވެ. އެގޮތުން ހޮސްޕިޓަލުތަކުގައި މީހުން އެޑްމިޓްނުކުރެވޭ ހާލަތަށް އެގައުމުގެ ހާލަތުގޮސްފައިވާ ކަމަށް މީހުން ތުހުމަތުކުރަމުންދާ މިދަނޑިވަޅުގައި އެކަން ގަބޫލުކުރަން ޖެހޭ ފަދަ ހާދިސާއެއް މިވަނީ އެގައުމުގައި ހިނގާފަ އެވެ.

އިންޑިއާ ޓައިމްސްގައި ރިޕޯޓްކުރާ ގޮތުގައި ދިއްލީގެ ފަސް ހޮސްޕިޓަލަކުން ފަރުވާ ނުދީ ފޮނުވާލި ކޮވިޑް-19 ޖެހުނު މީހަކު މިވަނީ މަރުވެފަ އެވެ. 

އެގޮތުން ދިއްލީގައި މަަސައްކަތްކުރާ އެމީހާ، އަށް ދިއްލީގެ ފަސް ހޮސްޕިޓަލުން ފަރުވާދޭން ދެކޮޅު ހެދުމުން އޭނާ ވަނީ ޓްރެއިންގައި ބޯޕަލަށް ފަރުވާ ހޯދަން ގޮސްފައި ކަމަށާއި އެމީހާ މަރުވީ އެތަނަށް ދައްކަން ދިޔަ ދުވަހު ކަމަށް ވެސް އެ ނޫހުން ރިޕޯޓްކުރެ އެވެ.

އޭނާގެ އާއިލާއާ ހަވާލާދީ އެ ނޫހުން ބުނީ އުމުރުން 42 އަހަރުގެ އެ ފިރިހެން މީހާގެ ކިބައިން ބަލީގެ އަލާމާތްތައް ފެންނަން ފެށީ މީގެ ދުވަސްކޮޅެއް ކުރިން ކަމަށާއި އެގޮތުން ތިން ޑޮކްޓަރަކު އޭނާއަށް ފަރުވާދޭން ދެކޮޅު ހެދި ކަމަށާއި އެންމެ ފަހުން ކްލިނިކަކަށް ދައްކައިގެން ހުމަށް ޕެރަސެޓެމޯލް ދިން ކަމަށެވެ.

އަދި ބުނީ ޖީޓީބީ ހޮސްޕިޓަލުން ވެސް ޓެސްޓް ހަދަން އަދި ނުފަށާ ކަމަށް ބުނެ އޭނާއަށް ފަރުވާދޭން ހެދީ ދެކޮޅު ކަމަށެވެ. އެއާއެކު ލެބް ޓެކްނީޝަނެއްގެ ގޮތުގައި މަސައްކަތް ކުރާ އޭނާގެ އާއިލާ މީހެއްގެ އެހީއާއެކު ފަރުވާއަށް ބޯޕާލަށް ދާން އެމީހާއަށް މަޖުބޫރުވިއިރު އޭނާ މަރުވީ އެތަނަށް ފަރުވާއަށް ގެންދިޔަ ދުވަހު އެވެ.

އިންޑިއާގައި ދެ ލައްކައަށް ވުރެ ގިނަ މީހުންނަށް ކޮވި-ޑް19 ޖެހިފައިވާއިރު 7745 މީހުން ވަނީ އެ ބަލީގައި މަރުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް