ads
ސޯނަމް ކަޕޫރް
ސޯނަމްގެ "ބާތުޑޭ އައުޓްފިޓް" އަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެ
ސޯނަމް ކަޕޫރް އޭނާގެ އުފަން ދުވަސް ފާހަގަ ކުރުމަށް ލައިފާވާ ހެދުމަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ.

މި މަހުގެ ނުވަ ވަނަ ދުވަހު ބޮލީވުޑްގެ މަޝްހޫރް ފަންނާނު ސޯނަމް ކަޕޫރް ވަނީ އޭނާގެ 35 ވަނަ އުފަންދުވަސް އޭނާގެ އާއިލާއާ އެކު ގޭގައި ފާހަގަ ކޮށްފަ އެވެ.

މުޅި އިންޑިއާ ލޮކްޑައުން ގައި ވުމާއެކު ސޯނަމް އުޅެމުން ދިޔައީ ދިއްލީގައި ހުންނަ އޭނާގެ ފިރިމީހާގެ ގޭގައި އާއިލާއާ އެކު ގަ އެވެ. ނަމަވެސް އޭނާގެ އުފަން ދުވަސް ފާހަގަ ކޮށްފައި ވަނީ އޭނާގެ މުމްބާއި ގައި ހުންނަ ގޭގަ އެވެ. ހަމަ އެކަނި އާއިލާގެ މީހުން ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ މި ކުޑަ ހަފްލާގެ ފޮޓޯތައް ސޯޝަލް މީޑިއާ އަށް ހިއްސާކޮށްފައިވާ އިރު، ގިނަ ބައެއްގެ ލޮލުގައި ވަނީ ސޯނަމް ލައިގެން ހުރި ހެދުން އަޅައިގަނެފަ އެވެ.

އެގޮތުން ސޯނަމް ލާފައި ހުރީ ކުދިކުދި މާ ތަކެއް ޖަހާފައި ހުރި މަޑު ނޫކުލައިގެ މިޑީ ހެދުމެކެވެ. އަދި އެ ހެދުުމުން އިންޑިއާގެ ސަގާފަތް ދައްކުވައިދީފައިވާ ގޮތުން އެ ހެދުމަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފަ އެވެ.

your image

ކަންތައް ބޮޑު ގްލެމަރަސް ހެދުމެއް ލުމުގެ ބަދަލުގައި އިންޑިއާގެ ސަގާފީ ހެދުމެއް އުފަން ދުވަހުގައި ސޯނަމް ލައިގެން ހުރުމުން ގިނަ ބަޔަކު ވަނީ އޭނާއަށް ޝުކުރު އަދާކޮށްފަ އެވެ. 

ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ސޯނަމް އަށް އުފަން ދުވަހުގެ ތަހުނިޔާ ކިޔާފައިވާ އިރު، މި އުފާވެރި ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ސޯނަމް ގޭގައި ވަނީ ބޮޑެތި ހަން ހަރުކޮށް ޑެކަރޭޓް ކޮށްލާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް