އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ކުޅެވޭ ޖަރމަން ކަޕުގެ ފައިނަލްގައި ބަޔާން މިއުނިކް ނުކުންނާނީ ލެވަކޫސަންއާއި ދެކޮޅަށެވެ. ލެވަކޫސަން ފައިނަލަށް ދިޔައީ އަންގާރަ ދުވަހު ސާބްރެކެން ބަލިކޮށްގެނެވެ. ސެމީ ފައިނަލްގައި ރޭ ބަޔާނުން ޖެހި ދެ ގޯލާއި އެކު އެ ޓީމުންވަނީ އެ ޓީމުގެ ތާރީހުގައި އެންމެ ގިނައިން ލަނޑު ޖެހި ސީޒަންގެ ރެކޯޑާ އެއްވަރުކޮށްފަ އެވެ. އަދި ސީޒަންގައި ބާކީ މެޗުތައް އޮތުމުން އެ ރެކޯޑު މުގުރާލުމުގެ ފުރުސަތު އެ ޓީމަށް އެބައޮއެވެ.
ސެމީ ފައިނަލްގައި ބަޔާނުގެ ލަނޑުތައް ޖެހީ ކްރޮއޭޝިއާގެ ފޯވާޑް އިވާން ޕެރިސިޗް އަދި ރޮބަޓް ލެވޮންޑޮސްކީއެވެ.