ads
އަލީ ހުސައިން----
އަތޮޅު ހޮސްޕިޓަލް ތަކުގައި ސްކޭން ކުރެވޭނަމަ ގިނަ ފުރާނަތަކެއް ސަލާމަތްކުރެވޭނެ!
އަތޮޅު ހޮސްޕިޓަލް ތަކުގައި ސްކޭން ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާނަމަ އެތައް ފުރާނައެއް ސަލާމަތްކުރެވޭނެކަމަށް ކެންދޫ ދާއިރާގެ މަޖިލިސް މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.
Advertisement

ލޮކްޑައުންގެ މުައްދަތުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން މާބަނޑު އަންހެނުން ޑޮކްޓަރަށް ދެއްކުމާއި ސްކޭން ކުރުމުގައި ގޮންޖެހުންތަކާ ކުރިމަތިލާން ވަނީ ޖެހިފަ އެވެ. އެގޮތުން އެ އިންތިޒާމު ހަމަނުޖެއްސި މިހާތަނަށް އައިއިރު މާބަނޑު ފަސް މީހުންގެ ބަނޑަށް ދަރިފުޅު މަރުވެފައިވާއިރު ބާރަށުގައި ރޭގަ ވަނީ މާބަނޑު އަންހެނެއްގެ ބަނޑަށް ދަރިފުޅު މަރުވެފައެވެ.

އަލީ ހުސެއިން ކުރެއްވި ޓްވީޓްގައި ވިދާޅުވީ ސިއްހީ ނިޒާމު ރަނގަޅުކުރުމަށް ވުރެން ބޮޑަށް ސަރުކާރުން އިސްކަމެއް ދޭންޖެހޭ އެހެން ކަމެއް ނޯންނާނެކަމަށެވެ. ނަމަވެސް ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުނުކުރެވި ފަރުވާ ކުޑަކުރެވުމުގެ ނަތީޖާއަކަށް ވެގެން ދަނީ ފުރާނަތަކެއް ގެއްލިގެން ދިއުން ކަމަށެވެ. އެކަން އެހެން ދިމާވަނީ އަތޮޅު ހޮސްޕިޓަލުގައި ސްކޭން ކުރުމުގެ އިންތިޒާމު ހަމަޖެއްސިފައި ނުވުމުންކަމަށް ޓްވީޓްގައި ފާހަގަކޮށްފަވެ އެވެ.

މާބަނޑު މީހުން ގެ ބަނޑަށް ދަރި މަރުވުމުގެ މައްސަލައަށް އިޝާރާތްކުރައްވާ އަލީ ހުސެއިން ޓްވީޓް ކުރައްވާފައިވާއިރު ރޭ ބާރަށުގައި މާބަނޑު އަންހެނެއްގެ ބަނޑަށް ދަރި މަރުވެފައިވެ އެވެ. އަދި ތޮއްޑޫއިން އެ އަތޮޅު ހޮސްޕިޓަލަށް ދިއުމުގެ އިންތިޒާމު ހަމަ ޖެއްސުމުގައި ލަސްވެ އަންހެނެއްގެ ބަނޑަށް ދަރި މަރުވެފަވެ އެވެ.

އޭގެ އިތުރުން ނަރުދޫ މާ ބަނޑު އަންހެނެއް ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމު ހަމަނުޖެއްސި ބަނޑަށް ދަރި މަރުވެފައިވާއިރު ކުޑަހުވަދޫ އަންހެނެއްގެ ބަނޑަށްވެސް ދެ ކުދިން މަރުވެފައިވެ އެވެ. އަދި އޭޑީކޭގައި ހަތަރު މަހުގެ ތުއްތު ކުއްޖަކު ޑޮކްޓަރަށް ދެއްކުމަށް ގެންދިއުމުން ހިދުމަތް ފޯރުކޮށްދިނުމަށް ލަސްވެ އެ ކުއްޖާވެސް ވަނީ މަރުވެފަ އެވެ.

ލޮކްޑައުންގެ މުއްދަތުގައި ބަނޑަށް ފަސް ކުދިން މަރުވެފައިވާއިރު މާބަނޑު މީހުން ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމު ހަމަޖެއްސިފައިނުވުމަކީ ގިނަ ބަޔަކު އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔަމުން އަންނަކަމެކެވެ. ހަމައެހެންމެ އޮންލައިނުކޮށް ބައެއް ރަށްރަށުގައި މާބަނޑު މީހުން ބެލުމުގެ ކަންކަން ކޮށްފައިވާއިރު އޮންލައިނުކޮށް ކުއްޖާގެ ވިންދާއި އެހެނިހެން ކަންކަން ނުބެލޭނެކަމަށް ބުނެ ފާޑުކިޔުން އަމާޒު ކޮށްފަވެ އެވެ. އަދި ރަށްރަށުން ނުވަތަ އަތޮޅު ހޮސްޕިޓަލުތަކުން މާ ބަނޑު މީހުން ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމު ހަމަ ނުޖެހި ފުރާނަތަކެއް ގެއްލުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށްވެސް ބުނާއިރު އެކަމާ ޒިންމާވާންޖެހޭކަމަށް އާންމުން އަންނަނީ ބުނަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް