ads
މީރާ-- ފޮޓޯ: ސީއެންއެމް
އިންކަމް ޓެކްސް އިން ފުރަތަމަ މަހު 19 މިލިއަން ރުފިޔާ
އިންކަމް ޓެކްސް ނަގަން ފަށައި ފުރަތަމަ މަހުގެ އާމްދަނީގެ ގޮތުގައި 19 މިލިއަން ރުފިޔާ ދައުލަތަށް ލިބިއްޖެ އެވެ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު މީރާ އަށް ލިބުނު އާމްދަނީގެ 9.7 އިންސައްތަ އަކީ އިންކަމް ޓެކްސް އެވެ. 

އިންކަމް ޓެކްސް ނަގަން ފެށުމާއެކު ކުރިން ނަގަމުން ދިޔަ ދިޔަ ބިޒްނަސް ޕްރޮފިޓް ޓެކްސް އާއި ވިތު ހޯލްޑިން ޓެކްސް ހިސާބު ކުރާނީ އިންކަމް ޓެކުހުގެ ތެރޭގަ އެވެ.

އެހެންކަމުން ފާއިތުވި އަހަރުގެ މޭމަހު ޕްރޮފިޓް ޓެކްސް އާއި ވިތު ހޯލްޑިން ޓެކްސްގެ ގޮތުގައި ލިބުނު 115 މިލިއަން ރުފިޔާ އާއި އަޅާ ބަލާއިރު މި އަހަރު މީރާ އަށް ލިބިފައި ވަނީ ވަރަށް މަދު އަދަދެކެވެ.

މީގެ ދެ ހަފްތާ ކުރިން މީރާގެ ކޮމިޝަނާ ޖެނަރަލް އޮފް ޓެކްޒޭޝަން ފަތުހުﷲ ޖަމީލު ވަނީ އެހާ ހިސާބަށް އައިއިރު 10،000 އަށް ވުރެ ގިނަ މީހުން އިންކަމް ޓެކްސް ދައްކަން ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ.

އެގޮތުން އެހާ ތަަނަށް އިންކަމް ޓެކްސް ނެގުމަށް، 30،000 ރުފިޔާއިން މަތިން ލިބޭ މީހުން ރަޖިސްޓްރީކުރަން ޖެހޭއިރު، 8،900 އެއްހާ މީހުން މީރާގައި ރަޖިސްޓްރީވެފައި ވާކަމަށާއި 60،000 އަށް ވުރެ މަތިން އާމްދަނީ ލިބޭ 2،000 އެއްހާ މީހުން ރަޖިސްޓްރީވެފައި ވާކަމަށް ފަތުހުﷲ ވަނީ ވިދާޅުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް