ads
ކުރީގެ ހުކުރު ހުތުބާއެއްގެ ތެރެއިން--
ބަސް ބުނުމުގައި ސަމާލުވޭ، ދުލުން ބުނާ ބަހަކީ އަނބުރާ ގެނެވޭނެ އެއްޗެއް ނޫން: ހުތުބާ
ދުލުން ބުނެ ދޫކޮށްލާ ބަހަކީ، ދުނިދަނޑީ ގައި ރުވައި ދޫކޮށްލާ ތީރެއް ފަދަ އެއްޗެއް ކަމަށާއި އެއީ އަނބުރާ ގެނެވޭނެ އެއްޗެއް ނޫން ކަމުން ހެޔޮ ގޮތުގައި ބަސް ބުނުމަށް ހުތުބާގައި ގޮވާލައިފި އެވެ.

ހެޔޮ ބަަސް ބުނުމަށް އަލި އަޅުވާލައި މިއަދުގެ ހުކުރު ހުތުބާގައި ބުނީ މުޖްތަމައުގެ އަފްރާދުންނާއި މުއައްސަސާތަކުގެ މެދުގައި ކުރެވޭ މުއާމަލާތުތަކާއި، ކުރާ ބަހުސްތަކާއި ދޭ ރައްދުތަކުގައި، ބަސްމަގު ގެންގުޅެން ވާނީ އަދަބުވެރި ކަމާއި އިހްތިރާމާ އެކު ކަމަށެވެ. އަދި ބުނި ބަހެއްގެ ސަބަބުން ފަހުން ދެރަވެ، ހިތާމަ ކުރަން ޖެހޭ ގޮތަކަށް ނޫން ކަމަށެވެ. 

ހުތުބާގައި ވަނީ ލޮންސިއަކުން މީހަކު ޒަހުމު ކޮށްލިޔަސް ބޭސްކޮށްގެން އެ ފާރުގަނޑު ހިއްކާލެވިދާނެ ކަމަށާއި ނަމަވެސް ދުލުން ކޮށްލާ ޒަހަމުން އުފެދޭ ފާރުގަނޑެއް ނުހިކޭނެ ކަމަށެވެ. 

އަދި ކުޅިވަރުގެ މައިދާން ތަކާއި މަސައްކަތުގެ މާހުއުލާއި އިޖްތިމާއީ އެހެނިހެން އެއްވުންތަކުގައި ޒުވާނުން ހަރަކާތްތެރިވާއިރު، އެ މީހުންގެ އަމަލުތަކާއި ބަސްމަގު ރިވެތި ކުރަން ޖެހޭ ކަމަށާއި އެއީ ދަށުން އަރައިގެން އަންނަ ޖީލުތައް ނަކަލު ކުރާނީ މިއަދުގެ ޒުވާނުންގެ އުޅުންތަކާއި ގުޅުންތަކާއި ބަސްމަގާއި އަޅާ ފޭރާން ކަމަށްވާތީ ކަމަށް ހުތުބާގައި ބުނެ އެވެ. 

އޭގެ އިތުރުން ހުތުބާގައި ބުނީ ގާތްތިމާގެ މީހުންނާއި އަވަށްޓެރިންގެ މެދުގަޔާއި، ބާޒާރުމަތީގެ އިތުރުން ވިޔަފާރީގެ މުއާމަލާތުތަކާއި މުވައްޒަފުންނާއި ހިދުމަތް ހޯދުމަށް އޮފީސްތަކަށް ދާ މީހުންނާއި ހިދްމަތްދޭ ފަރާތްތަކާ މުއާމަލާތު ކުރެވެން ޖެހޭނީ ވެސް ރީތި ބަހުންކަން ފާހަގަކުރެ އެވެ. 

އަދި ބިދޭސީންނާއި މެދުވެ ވެސް މުއާމަލާތްކުރަން ޖެހޭނީ ރީތި ބަހުން ބަހުން ކަމަށާއި އެމީހުންގެ ގަދަރާއި ކަރާމާތަށް އުނިކަންކަން އަންނަ ފަދަ ކަންކަމުން ދުރުވުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް