ޓިކްޓޮކްގައި ރޯނިތު އަޝްރާ ޖަހާފައިވާ އެ ފިރިހެން ކުއްޖާ ފެނިގެންދަނީ އަނަންޔާގެ އިންޓަވިއުތަކުގައި އޭނާ ހަރަކާތްކުރާ ގޮތަށް ހަރަކާތްކުރާ މަންޒަރެވެ. އަދި އަނގަޔަށް ޖައްސާ ވައްތަރުތަކުގެ ސަބަބުން އަނަންޔާ ވަނީ އޭނާގެ ހަރަކާތްތައް ރޯނިތު މާމޮޅަށް ޖައްސާ ކަމަށް ބުނެފަ އެވެ.
އަނަންޔާ އަމިއްލައަށް އޭނާ އުޅޭ ގޮތަށް ވަނީ ޖޯކު ވެސް ޖަހާފަ އެވެ.
"ސްޓޫޑަންޓް އޮފް ދަ އިޔާ 2" އަކުން ބޮލީވުޑަށް ތައާރަފުވި އަނަންޔާ ޕާންޑޭއަކީ ސޯޝަލް މީޑިއާގައި އެކްޓިވް ތަރިއެކެވެ. އަދި ޒުވާނުންގެ މެދުގައި ވެސް މަގްބޫލު ތަރިއެކެވެ.
ޕަތީ ޕަތުނީ އޯރު ވޯ އިން ވެސް ފެނިގެންދިޔަ އަނަންޔާގެ ކުރިއަށް އޮތް ފިލްމަކީ "ކާލީ ޕީލީ" އެވެ. އެ ފިލްމުގައި އޭނާ ފެނިގެންދާނީ އިޝާން ކައްޓާރާއެކު އެވެ.