ads
ޑރ.ނަޒްލާ--- ފޮޓޯ: ޕީއެެސްއެމް
ކޮވިޑް19: ރާއްޖޭގެ މިވަގުތުގެ ހާލަތު ވަނީ އެއް ހަމައެއްގައި ހިފެހެއްޓިފައި: ޑރ. ނަޒްލާ
ރާއްޖޭގައި މިވަގުތު ކޮވިޑް19ގެ ހާލަތު އެއް ހަމައެއްގައި ހިފެހެއްޓިފައިވާކަމަށް ނޭޝަނަލް އެމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)އިން ބުނެފި އެވެ.

އެންއީއޯސީން ރޭ ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ރާއްޖޭގެ މިވަގުތުގެ ހާލަތަށް ބަލާއިރު ބަލި ކޮންމެވެސް މިންވަރަކަށް ސްޓޭބަލް ކަމަށް ބެލެވޭ ކަމަށެވެ.

ކޮވިޑް19 އަށް ފުދޭވަރަކަށް ޓެސްޓް ކުރެވޭކަން ހާމަކޮށް ޑރ. ނަޒްލާ ވިދާޅުވީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ވެސް ކުރިއަށްދާ ކަމަށެވެ. އަދި އޭގެ އިތުރުން ކޮމިއުނިޓީ ތެރެއިން އެކްޓިވް ސަވަޔަލަންސްގެ މަސައްކަތްވެސް ކުރިއަށްދާކަން ފާހަގަކުރެއްވި އެވެ. 

"މިހާރު މި ފެންނަ ފެނުމަށް ކޮންމެވެސް މިންވަރަކަށް ސްޓޭބަލް ވެފަ މިއޮތީ އަޅުގަނޑުމެންގެ ތެރޭގައި ބަލި ހުރި މިންވަރު." ޑރ. ނަޒްލާ ވިދާޅުވި އެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް 2013 މީހަކު ޕޮޒިޓިވް ވެފައިވާއިރު 1217 މީހަކު ވަނީ އެބަލިން ރަނގަޅު ކުރެވިފައެވެ. މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި 786 މީހަކު ތިބި އިރު ރާއްޖެއިން މިބަލީގައި މަރުވެފައިވަނީ އަށް ފަރާތެކެވެ. 

އޭޕްރިލް 15 ވަނަ ދުވަހު މާލެއިން މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވުމާއި އެކު މާލެ ވަނީ ފުލް ލޮކްޑައުނަކަށް ގެނެސްފައެވެ. އަދި ހޯމަ ދުވަހުން ފެށިގެން ލޮކްޑައުނަށް އިތުރު ލުއި ދިނުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ ނިންމާފައެވެ. 

އެގޮތުން ދެވަނަ ފިޔަވަހީގެ ލުއިތަކާއެކު ފަތިހު ފަހަކުން ރޭގަނޑު ދިހައެއް ޖަހަންދެން ހުއްދައަކާއި ނުލާ ބޭރުގައި އުޅުމުގެ ފުރުސަތު ވަނީ ދީފައެވެ. 

ކުޑަކުދިންނަށް އަދި ކަސްރަތަށް ނިކުމެވޭނެ ގަޑިތައް:

  • އުމުރުން 60 އަހަރުން މަތީގެ މީހުން - ފަތިހު 5 ކުން ހެނދުނު 8 އަށް
  • ކުޑަކުދިން - ހަވީރު 4 ކުން 6 އަށް
  • ކަސްރަތު ކުރާ މީހުންނަށް - އިރުއޮއްސި 6 ކުން ރޭގަނޑު 9 އަށް

މީގެ އިތުރުން ލުއިތަކާއެކު ޕާކުތަކާއި މައިޒާންތައް ވެސް ހުޅުވަން ނިންމާފައިވާއިރު އެތަންތަނުގައި އަތްދޮވެވޭނެ އިންތިޒާމުތައް ހަމަޖައްސާނެ ކަމަށް ވެސް މައުލޫމާތު ދީފައިވެއެވެ. އަދި ދޭ ލުއިތަކުގެ ދަށުން އިކޮނޮމިކް މިނިސްޓްރީގެ ހުއްދައާއެކު ފިހާރަތައް ހުޅުވުމުގެ ހުއްދަ ވެސް ދޭން ނިންމާފައިވާއިރު ކެފޭ އަދި ރެސްޓޯރަންޓުތަކުން ދެވޭނީ ހަމައެކަނި ޓޭކްއަވޭ އަދި ޑެލިވަރީގެ ހިދުމަތް ކަމަށް ވެސް މައުލޫމާތު ދީފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް