ads
މާފަރު އިންޓަނޭޝަނަލް އެއާޕޯޓް
އަންނަ މަހު މާފަރު އެއާޕޯޓުން ބައިނަލްއަގުވާމީ އެއާޕޯޓެއްގެ ހިދުމަތްތައް ލިބޭނެ
މާފަރު އިންޓަނޭޝަނަލް އެއާޕޯޓުން އަންނަ މަހުގެ އެއް ވަަނަ ދުވަހުން ފެށިގެން ބައިނަލްއަގުވާމީ އެއާޕޯޓެއްގެ ހިދުމަތްތައް ލިބިގެންދާނެ ކަަމަށް މޯލްޑިވިއަން އިން ބުނެފި އެވެ.
Advertisement

ޕީއެސްއެމް ނިއުސްގެ ޕްރޮގްރާމެއްގައި މައުލޫމާތު ހިއްސާ ކުރައްވަމުން މޯލްޑިވިއަންގެ ޑިރެކްޓަރ އޮފް ގްރައުންޑް އޮޕަރޭޝަންސް އަހުމަދު އިބްރާހިމް ވިދާޅުވީ ނިއު ނޯމަލްގެ ދުވަސްތައް ފަށާއިރު، މާފަރު އެއާޕޯޓް ބޭނުން ކުރަން ފަށާނީ ހުރިހާ ހިދުމަތެއް ލިބޭ ބައިނަލްއަގުވާމީ އެއާޕޯޓެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން މިިހާރު އެ އެއާޕޯޓް ބައިނަލްއަގުވާމީ އެއާޕޯޓަކަށް ހެދުމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް ގެންނަމުންދާ ކަމަށް އިބްރާހިމް ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީ އިން ވަނީ މާފަރު އެއާޕޯޓުގެ ރަންވޭ ދިގުކުރުމުގެ މަސައްކަތް ކުރަން ޝައުގުވެރިވާ ފަރާތްތަކުން ޕްރީކޮލިފިކޭޝަނަށް ހުށަހެޅުމުގެ ފުރުސަތު ވެސް މިމަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަަލަށް ހުޅުވާލާފަ އެވެ. މި އެއާޕޯޓުގެ ރަންވޭގެ ދިގުމިނުގައި 2200 މީޓަރު އަދި ފުޅާ މިނުގައި 40 މީޓަރު ހުރެއެވެ.

މި އެއާޕޯޓުގެ ރަންވޭ ބޮޑުކުރަން އެންވަޔަރްމެންޓް މިނިސްޓްރީ އިން ހުއްދަ ނުދީ އޮތުމަށް ފަހު ރަންވޭ ބޮޑުކުރުމުގެ ހުއްދަ ދީފައި ވަނީ ޖެނުއަރީ މަހު އެވެ. 

އަބޫދާބީ ފަންޑުން ހަދިޔާކުރި 60 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން މާފަރުގައި ތަރައްގީކޮށްފައިވާ މި އެއާޕޯޓުން ޑޮމެސްޓިކް އެއާޕޯޓެއްގެ ގޮތުގައި ހިދުމަތްދޭން ފަށާފައި ވަނީ 2019 ވަނަ އަހަރުގެ ޑިސެންބަރު މަހު އެވެ.

މޯލްޑިވިއަނުން ދަނީ މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން ތިމަރަފުށި އެއާޕޯޓު، އިފުރު އެއާޕޯޓު، ދަރަވަންދޫ އެއާޕޯޓު ހިންގަމުން ނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް