ads
ފޮޓޯ: ރައީސް އޮފީސް
ހައުސިން މިނިސްޓަރު ކަމަށް އަސްލަމް އައްޔަނު ކޮށްފި
ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ކަމަށް ޕްލޭނިން މިނިސްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު އަސްލަމް އައްޔަނު ކޮށްފި އެވެ.

ރައީސް އޮފީހުން ބުނެފައިވަނީ އަސްލަމަށް މަގާމުގެ ފަތްކޮޅު އެރުވުމާއި ހުވާ ކުރުމުގެ ރަސްމިއްޔާތު ކުރިއަށްގެންގޮސްފައިވަނީ މިއަދު ރައީސް އޮފީހުގައި ކަމަށެވެ. 

މިސަރުކާރުގައި ހައުސިން މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީ ދެ މިނިސްޓްރީ އެއްގެ ގޮތުގައި ހިންގަމުން އައި އިރު ހައުސިން މިނިސްޓަރަކަށް ހުންނެވީ އައިމިނަތު އާތިފާ އެވެ. އަދި ޕްލޭނިން މިނިސްޓަރަކަށް ހުންނެވީ އަސްލަމް އެވެ. އާތިފާ ހައުސިން މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް އުވާލައްވައި، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާގެ ނަން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ނަމަށް ބަދަލުކޮށްފައެވެ. 

މިގޮތަށް ހަމަޖެއްސުމާ ގުޅިގެން ކުރިން މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓުން ކުރަމުން ގެންދިޔަ އެންމެހައި މަސައްކަތްތައް ދެން ކުރައްމުން ގެންދާނީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިންކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ. އަދި އެ މަސައްކަތްތައް ކުރުމަށްޓަކައި ހައުސިން އެންޑް އަބަން ޑިވެލޮޕްމަންޓްގައި ތިބި މުވައްޒަފުން އާ މިނިސްޓްރީއަށް ބަދަލުކުރުމަށްވެސް ނިންމަވާފައިވާކަމަށް ރައީސް އޮފީހުން މައުލޫމާތު ދީފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް