ads
އޭސީޕީ ފައިރޫޝް---ފޮޓޯ:ފުލުހުން
ލޮކްޑައުން އިއުލާނުނުކޮށް އޮތް ވަގުތުގައި ކުރި ޖޫރިމަނާތައް ބާތިލްކޮށްފި
ލޮކްޑައުން އިއުލާނުނުކޮށް އޮތް ވަގުތުގައި ނެގި ހުރިހާ ޖޫރިމަނާ އެއް މިހާރު ބާތިލްކޮށްފައި ވާކަމަށް އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވިދާޅުވެއްޖެ އެވެ.

މޭ މަހުގެ 28 ވަނަ ދުވަހު ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން މާލެ ސަރަހައްދުގައި އިއުލާނު ކޮށްފައި އޮތް ލޮކްޑައުންގެ މުއްދަތު ވަނީ 14 ދުވަހަށް ދިގު ދައްމާލާފަ އެވެ. އެެ ވަގުތު ހަމަވެ ދެތިން ގަޑިއިރު ވީއިރު ވެސް އެޗްޕީއޭ އިން ލޮކްޑައުންގެ މުއްދަތު ދަންމާނުލި ނަމަވެސް ފުލުހުން ވަނީ މަގުމައްޗަށް ނިކުމެ އުޅުން މީހުން ޖޫރިމަނާކޮށްފަ އެވެ. 

އެކަމާއި ގުޅިގެން މައްޗަށްގޮޅި ދެކުނު ދާއިރާގެ މެމްބަރު، އަހުމަދު ހައިތަމް ޓްވީޓާގައި ކުރެއްވި ސުވާލެއްގެ ޖަވާބުގައި ފައިރޫޝް ވިދާޅުވީ އެ ވަގުތު ނެގި ޖޫރިމަނާ ބާތިލުކޮށްފައިވާ ކަމަށެވެ.

މެއި މަހުގެ 28 ގައި އިއުލާންކުރި ލޮކްޑައުންގެ މުއްދަތު މިމަހުގެ 11 ގައި ހަމަވެ އެންމެ ފަހުން އިތުރު ކުރީ ތިން ދުވަހެވެ. އެ މުއްދަތު މިރޭ ހަމަވާނެ އެވެ.

މާލެ ސަރަހައްދުގައި ލޮކްޑައުން އިއުލާން ކުރި ފަހުން މިހާތަނަށް 9211 މީހަކު، ފުލުހުން ވަނީ ޖޫރިމަނާ ކޮށްފަ އެވެ. އޭގެ ތެރެއިން 8232 މީހުން ޖޫރިމަނާކޮށްފައި ވަނީ މާލެއިންނެވެ. އަދި ހުޅުމާލެއިން 833 މީހަކު ޖޫރިމަނާ ކޮށްފައި ވާއިރު، ވިލިމާލެ އިން މިހާތަނަށް ޖޫރިމަނާ ކޮށްފައި ވަނީ 146 މީހުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް