ރޭގެ މެޗު ބަޔާނުން ކާމިޔާބުކުރީ ދެ ލަނޑު އެއް ލަނޑުންނެވެ.
ކޮވިޑާ ގުޅިގެން މެދު ކަނޑާލުމަށް ފަހު އަލުން ފަށާފައިވާ ބުންޑަސް ލީގާގައި ބަޔާނުން ފަހުން ކުޅުނު ހުރިހާ މެޗެއް ވަނީ ކާމިޔާބުކޮށްފަ އެވެ. އެ ސިލްސިލާއަށް ރޭ އިތުރު ކުރި ބޮޅާއި އެކު ޖެހިޖެހިގެން އަށް ވަނަ ފަހަރަށް ލީގު ކާމިޔާބުކުރަން ދެން ބަޔާނަށް ބޭނުން ވަނީ އެންމެ މޮޅެކެވެ. އަންގާރަ ދުވަހުގެ ވާޑާ ބްރޭމަން އަތުން މޮޅުވެގެން ބަޔާނަށް ލީގު ކަށަވަރުކުރެވޭނެ އެވެ.
ރޭގެ ނަތީޖާއާއި އެކު ލީގުގެ އެއް ވަނައިގައި ބަޔާން އޮތީ 31 މެޗުން 73 ޕޮއިންޓް ހަމަކޮށްގެނެވެ.