ads
ސޯނަމް އާއި ސަންޖޭ
ސޯނަމް ފިރިހެނަކަށް ވެއްޖެ ނަަމަ ހުއްނާނެ ގޮތުގެ ފޮޓޯއެއް ސަންޖޭ ޕޯސްޓް ކޮށްފި
ސަންޖޭ ކަޕޫރު މިވަނީ އޭނާއަށް ބޮޑުބޭބެ ކިޔާ ބޮލީވުޑްގެ މަޝްހޫރުތަރި ސޯނަމް ކަޕޫރު ފިރިހެނަކަށް ވެއްޖެ ނަމަ ހުންނާނެ ގޮތުގެ ފޮޓޯ އެއް އިންސްޓަގްރާމް ގައި ޕޯސްޓު ކޮށްފަ އެވެ.

ސަންޖޭގެ އެ ޕޯސްޓުން ސޯނަމްގެ ފޮޓޯއެއް ފިރިހެނެއްގެ ސިފަތަކަށް ބަދަލުކޮށްފައި ވަނީ ލާފަ އެވެ. 

ސަންޖޭ ކެޕްޝަންގައި ޖަހާފައި ވަނީ ސޯނަމް އާއި އޭނާގެ ފިރިހެން ދަރިފުޅު ޖަހާން ޓިވިން ކުރަނީ ކަމަށެވެ.

މި ފޮޓޯ ވަނީ އެ ދެ ތަރިންގެ ފޭނުން ހެއްވާލާފަ އެވެ. 

ސަންޖޭ އާއި ސޯނަމް ވަނީ ދާދި ފަހުން ދަ ޒޯޔާ ފެކްޓާ އިން އެކުގައި ފެނިގެން ގޮސްފަ އެވެ. މި ފިލްމު މާ ކާމިޔާބު ފިލްމަކަށް ނުވި ނަމަވެސް ދެތަރިން ވެސް ވަނީ އެކުގައި މަސައްކަތް ކުރަން ލިބުމުން އެކަމާ އުފާ ފާޅުކޮށްފަ އެވެ. 

އެހެން ނަމަވެސް ސޯނަމް ވަނީ "އައި ހޭޓް ލަވް ސްޓޯރީސް" އާއި "ބާގް މިލްކާ" އާއި "ނީރްޖާ" އާއި "ހޫބްސޫރަތު" އަދި "ސަންޖޫ" ފަދަ ކާމިޔާބު ފިލްމުތަކުން ވެސް ފެނިގެން ގޮސްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް