ads
މިނިސްޓަރު މުހައްމަދު އަސްލަމް-- ފޮޓޯ: ރައީސް އޮފީސް
މިނިސްޓަރު އަސްލަމަށް ރުހުން ހޯދުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވައިފި
ހައުސިން މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީ އެއްކޮށްލައި އުފެއްދި، ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީއަށް މިނިސްޓަރު މުހައްމަދު އަސްލަމް އައްޔަނުކުރުމަށް ރުހުން ހޯދުމުގެ މައްސަލަ ސަރުކާރުގެ މައްސޫލިޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީއަށް ފޮނުވައިފި އެވެ.

މިނިސްޓަރު އަސްލަމަށް ރުހުން ހޯދުމުގެ މައްސަލަ މަޖިލީހަށް ފޮނުވާފައިވާއިރު މިނިސްޓަރު އަސްލަމް ކުރިން ހުންނެވީ ޕްލޭނިން މިނިސްޓަރުގެ ގޮތުގައެވެ. 

މިސަރުކާރުގައި ހައުސިން މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީ ދެ މިނިސްޓްރީ އެއްގެ ގޮތުގައި ހިންގަމުން އައި އިރު ހައުސިން މިނިސްޓަރަކަށް ހުންނެވީ އައިމިނަތު އާތިފާ އެވެ. އަދި ޕްލޭނިން މިނިސްޓަރަކަށް ހުންނެވީ އަސްލަމް އެވެ. އާތިފާ ހައުސިން މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް އުވާލައްވައި، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާގެ ނަން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ނަމަށް ބަދަލުކޮށްފައެވެ.  

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާގެ ނަން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާ ސްޓްރަކްޗާއަށް ބަދަލުކޮށް، އެ މިނިސްޓްރީގެ މަސައްކަތުގެ ދާއިރާތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ވެސް ފޮނުވާފައެވެ. އަދި އެ މައްސަލަ ދިރާސާ ކުރުމަށްވެސް ސަރުކާރުގެ މައްސޫލިޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީއަށް ފޮނުވާފައެވެ. 

އާތިފާއަކީ ރައީސް ސޯލިހްގެ ސަރުކާރުގައި މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި ދެވަނަ މިނިސްޓަރެވެ. އެންމެ ފުރަތަމަ އިސްތިއުފާ ދެއްވާފައިވަނީ ޖެންޑާ މިނިސްޓަރުގެ މަގާމުގައި ހުންނެވި ޝިދާތާ ޝަރީފެވެ. 

ހައުސިން މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީ އެއްކޮށްލުމާއި ގުޅިގެން  މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓުން ކުރަމުން ގެންދިޔަ އެންމެހައި މަސައްކަތްތައް ދެން ކުރައްމުން ގެންދާނީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް