ads
ރޮޒައިނާ އާދަމް
ފުލުހުންގެ މުޅި މުވައްސަސާ ގޯހެއް ނުވާނެ: ރޮޒައިނާ
ފުލުހުންގެ މުޅި މުވައްސަސާ ގޯސްކޮށްފައި ވާހަކަ ދެއްކުން ރަނގަޅު ނޫންކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ ބިލަށް ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ބަހުސް ކުރަމުން އެ މުއައްސަސާއިން ކަންކަން ކުރާ ގޮތަށް މަޖިލީހުގައި ތިބި ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ މެމްބަރުން ވަނީ ފާޑު ވިދާޅުވެފަ އެވެ.

އެގޮތުން ބައެއް މެމްބަރުން ވިދާޅުވީ ފުލުހުން އެކި ފަހަރު މަތިން ޖަނާވާރުންނަށް އަމަލުކުރާ އުސޫލުން ކަންކަން ކޮށްފައިވާކަމަށާއި އެ މުވައްސަސާގައި ތިބޭ އިސް ފަރާތަކަކީ ވެސް ނަމޫނާ ބަޔަކަށް ވާންޖެހޭކަމަށެވެ.

އެކަމާ ގުޅިގެން އެމްޑީޕީގެ މެމްބަރު ރޮޒައިނާ ކުރެއްވި ޓްވީޓްގައި ވިދާޅުވީ ފުލުހުންގެ މުވައްސަސާއާ މުޅި އެމްއެންޑީއެފް ކުށްވެރިކުރުން ރަނގަޅުނޫން ކަމަށެވެ. އެގޮތުން ބޭނުމަކަށް ވާންވާނީ ނިޒާމު ހަރުދަނާކޮށް އިހުމާލުވި ފަރާތްތަކާ މެދު ފިޔަވަޅު އެޅުން ކަމަށެވެ. 

އެމްޑީޕީގެ މެމްބަރުން ފުލުހުންނަށް ފާޑުކިޔާފައިވާއިރު ހަތެއް ފެބުރުއަރީގައި އެމްޑީޕީ ސަރުކާރު ބަގާވާތަކުން ވައްޓާލުމުގައި އެދެ މުވައްސަސާ އިން އެހީތެރިވެފައިވާ ކަމަށް އެޕާޓީގެ މެމްބަރުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް