އެކަމަށް ބައެއް ތަރިން ދެކޮޅު ހަދަމުންދާ މިދަނޑިވަޅުގައި ޝަރައްދާ ކަޕޫރުގެ ބައްޕަ އަދި އެކްޓަރު ޝަކްތީ ކަޕޫރު މިވަނީ މިހާލަތުގައި ޝްރައްދާ މަސައްކަތަށް ނުފޮނުވާނެ ކަމަށް ބުނެފަ އެވެ. ޝަކްތީ ބުނީ އޭނާ ވެސް މަސައްކަތަށް ނުނިކުންނާނެ ކަމަށާއި އެގޮތުން ލޮކްޑައުންއަށް ލުއިދިން ނަމަވެސް އަދި ބަލީގެ ނުރައްކާ ދިޔައީ ކަމަށް ގަބޫލުނުކުރާ ކަމަށެވެ.
އެގޮތުން ކުރިއަށް އޮތް ތަނުގައި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވުން ގާތްކަން ފާހަގަކުރަމުން އޭނާ ވަނީ މަސައްކަތް ވެސް މުހިއްމު ކަމަށާއި އެކަމަކު ފުރާނައަށް ވުރެ މުހިއްމު ނޫން ކަމަށް ބުނެފަ އެވެ.
އަދި އޭނާ ދޭން ބޭނުންވާ ނަސޭހަތަކީ ހޮސްޕިޓަލުގެ ބިލު ދެއްކުމަށް ވުރެ ގޭގައި މަޑުކުރުން ކަމަށް ވެސް ބުންޏެވެ.
އިންޑިއާ ލޮކްޑައުންއަކަށް ދިޔައިރު އާޝިގީ ދެ އަކުން ވިދާލި ޝްރައްދާ ދިޔައީ ގިނަ ފިލްމުތަކެއްގައި މަސައްކަތް ކުރަމުންނެވެ. ސާހޯ ފަދަ ކާމިޔާބު ފިލްމުތަކުން ފެނުނު ޝްރައްދާ އެންމެ ފަހުން ފެނިގެންދިޔައީ ރޭމޯ ޑި ސޫޒާގެ ސްޓްރީޓް ޑާންސާ އިންނެވެ.