ads
ކޮވިޑް-19 ނައްތާލާފައި ވަނިކޮށް ނިއުޒިލެންޑުން ދެ ކޭސް ފެންމަތި ވެއްޖެ
ނިއުޒީލެންޑުން ކޮވިޑް-19 ނައްތާލެވިފައި ވަނިކޮށް، އިތުރު ދެ ކޭހެއް އެ ގައުމުން ފެނިގެން ގޮސްފައިވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާ އިން ރިޕޯޓު ކޮށްފި އެވެ.
Advertisement

ނިއުޒީލެންޑުން ކޮވިޑް-19 ވައިރަހުގެ އިތުރު ދެ ކޭސް ފެންމަތިވެފައި ވަނީ، އެ ގައުމުން ކޮވިޑް-19 ޖެހުނު އެންމެން ބަލިން ރަނގަޅުވެ، އެ ބަލިން ރައްކާތެރިވުމުގެ ގޮތުން އެ ގައުމުގައި އަޅާފައިވާ ފިޔަވަޅުތައް އުވާލިތާ ހަފްތާއެއްހާ ދުވަސް ވެފައި ވަނިކޮށެވެ.

ބީބީސީ އިން ކޮށްފައިވާ ރިޕޯޓެއްގައި ބުނި ގޮތުގައި، އެ ގައުމުން އަލަށް ފެނިފައިވާ ވައިރަހުގެ ދެ ކޭސް ވެސް ފެނިފައި ވަނީ އިނގިރޭސި ވިލާތުން އެ ގައުމަށް ދިޔަ ދެ މީހެއްގެ ފަރާތުން ނެވެ. ނިއުޒީލެންޑުން އެ ގައުމުގެ ބޯޑަރު އަދި ހުޅުވާލާފައި ނެތް ކަމުގައިވީ ނަމަވެސް، އިނގިރޭސި ވިލާތުން އައީ އެ މީހުންގެ މަންމަގެ ޖަނާޒާއަށް ދިއުމަށް ހާއްސަ ހުއްދައެއް ދެވިފައިވާ ދެ މީހުން ކަމަށް ރިޕޯޓުގައި ބުނެއެވެ.

އެގައުމުގައި ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ނުވާތާ 24 ދުވަސް ވެފައިވާއިރު، އެ ގައުމުން ފެނިފައިވާ ދެ ކޭހަކީ ވެސް ބޭރުން އެތެރެވީ ފަރާތްތަކުން ފެނިފައިވާ ކޭސް ތަކެކެވެ. އެ ގައުމުގައި ބޯޑަރު ތައް ބަންދު ކޮށްފައިވާއިރު، ގައުމަށް ވަނުމުގެ ހުއްދަ އަދި ދެވެމުން ދަނީ ގައުމުގެ މީހުންނަށާއި، އެ ގައުމުގައި މަސައްކަތް ކުރާ ފަރާތްތަކަށެވެ. 

ކޮވިޑް-19 ފެތުރެން ފެށުމާއެކު އެގައުމު އެންމެ ފުރަތަމަ ލޮކްޑައުންއަކަށް ދިޔައީ މާޗު މަހުގެ 25 ގަ އެވެ. އެގޮތުން ވިޔަފާރިތަކާއި ސްކޫލުތައް ބަންދުކޮށް މީހުން ގެއިން ބޭރަށް ނުނިކުތުމަށް އެންގި އެވެ.

އޭގެ ފަސް ވަރަކަށް ހަފުތާ ފަހުން އޭޕްރީލް، މަހުގައި އެގައުމުން ވަނީ ޓޭކްއަވޭގެ ހިދުމަތްދޭ ތަންތަނުގެ ހިދުމަތް ދިނުމާއި އަދިވެސް ބައެއް ކަހަލަ ވިޔަފާރިތައް ހުޅުވުމަށް ހުއްދަދީފަ އެވެ. އެކަމަކު މިހާރު ވަނީ ކައިވެނި ޕާޓީތަކާއި ސްކޫލްތަކާއި އެތެރޭގެ ދަތުރުފަތުރު ކުރުމުގެ ހިދުމަތްތަކުގެ އިތުރުން މީހުންގެ ޖަނާޒާގެ ކަންކަން ކުރިއެކޭ އެއްގޮތަށް ކުރިއަށް ގެންދިއުމުގެ ފުރުސަތު ދޭން ނިންމާފަ އެވެ.

ނިއުޒިލޭންޑުން ކޮވިޑް-19 އަށް 1154 މީހަކު ޕޮޒިޓިވްވި އެވެ. އަދި 22 މީހަކު އެގައުމުގައި ވަނީ އެ ބަލީގައި މަރުވެފަ އެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް