ads
ފޮޓޯ: މޯލްޑިވިއަން ޓްވިޓާ--
ބައިނަލްއަގުވާމީ އުދުހުންތަކުގައި ބޭނުން ކުރާ މަތިންދާބޯޓެއް ކަރަންޓީންވާ މީހުންނާއިއެކު މާފަރު އެއާޕޯޓަށް
މޯލްޑިވިއަންގެ ޗައިނާ އަށް ދަތުރު ކުރަން ބޭނުން ކުރާ މަތިންދާބޯޓެއް ކަމަށްވާ އޭ 321 ރަށްރަށުގައި ކަރަންޓީންވާން ޖެހޭ މީހުންނާއިއެކު މާފަރު އެއާޕޯޓުގައި ޖައްސައިފި އެވެ.

ގައުމީ އެއާލައިން މޯލްޑިވިއަނުން މިއަދު ކުރި ޓްވީޓެއްގައި ބުނީ، ކަރަންޓީން އަށްދާ 380 މީހުން އުފުލުމުގައި އެ ކުންފުނީގެ ޗައިނާ އަށް ދަތުރު ކުރަން ބޭނުންކުރާ އޭ 321 ގެ ފުރަތަމަ ފްލައިޓު މާފަރު އެއާޕޯޓުގައި މިއަދު ޖައްސާފައިވާ ކަމަށެވެ. 

އެ ކުންފުނިން ބުނީ ފްލައިޓުން ކޮށްފައިވާ ފުރަތަމަ ދަތުރުގައި، ރަށްރަށުގައި ކަރަންޓީންވާން ބޭނުންވާ 200 މީހަކު ގެންދެވިފައިވާ ކަމަށެވެ. މިއީ މޯލްޑިވިއަން އިން ރަށްރަށުގައި ކަރަންޓީން ވާން، އެއް ދުވަހެއްގެ މަތިން އެންމެ ގިނަ މީހުން ގެންދިޔަ ދުވަހެވެ. 

ޕީއެސްއެމް ނިއުސްގެ ޕްރޮގްރާމެއްގައި މައުލޫމާތު ހިއްސާ ކުރައްވަމުން މޯލްޑިވިއަންގެ ޑިރެކްޓަރު އޮފް ގްރައުންޑް އޮޕަރޭޝަންސް އަހުމަދު އިބްރާހިމް ވިދާޅުވީ ނިއު ނޯމަލްގެ ދުވަސްތައް ފަށާއިރު، މާފަރު އެއާޕޯޓް ބޭނުން ކުރަން ފަށާނީ ހުރިހާ ހިދުމަތެއް ލިބޭ ބައިނަލްއަގުވާމީ އެއާޕޯޓެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން މިިހާރު އެ އެއާޕޯޓް ބައިނަލްއަގުވާމީ އެއާޕޯޓަކަށް ހެދުމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް ގެންނަމުންދާ ކަމަށް އިބްރާހިމް ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީ އިން ވަނީ މާފަރު އެއާޕޯޓުގެ ރަންވޭ ދިގުކުރުމުގެ މަސައްކަތް ކުރަން ޝައުގުވެރިވާ ފަރާތްތަކުން ޕްރީކޮލިފިކޭޝަނަށް ހުށަހެޅުމުގެ ފުރުސަތު ވެސް މިމަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަަލަށް ހުޅުވާލާފަ އެވެ. މި އެއާޕޯޓުގެ ރަންވޭގެ ދިގުމިނުގައި 2200 މީޓަރު އަދި ފުޅާ މިނުގައި 40 މީޓަރު ހުރެއެވެ.

މި އެއާޕޯޓުގެ ރަންވޭ ބޮޑުކުރަން އެންވަޔަރްމެންޓް މިނިސްޓްރީ އިން ހުއްދަ ނުދީ އޮތުމަށް ފަހު ރަންވޭ ބޮޑުކުރުމުގެ ހުއްދަ ދީފައި ވަނީ ޖެނުއަރީ މަހު އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް