ads
މާލެ މަގުމަތީ ފުލުހުން ޓްރެފިކް ބަލަހައްޓަނީ
ދިހައެއްގެ ފަހުން ބޭރުގައި އުޅޭނަމަ ފިޔަވަޅު އަޅާނެ
ރޭގަނޑު ދިހަ އެއްގެ ފަހުން ރަނގަޅު އުޒުރަކާއި ނުލާ ބޭރުގައި އުޅޭ މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފި އެވެ.

ކޮވިޑް-19 ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން މާލޭގައި ގާއިމްކޮށްފައިވާ ލޮކްޑައުނަށް ލުއި ދިނުމުގެ ދެވަނަ ފިޔަވަހީގެ ދަށުން، ހެނދުނު ފަހަކުން ރޭގަނޑު ދިހައަކާއި ހަމައަށް، ފާހަކާއި ނުލާ ބޭރުގައި އުޅުމަށް ހުއްދަ ދީފައިވާއިރު، އެ ނޫން ގަޑިތަކުގައި އުޒުރަކާއި ނުލާ ބޭރުގައި އުޅޭ މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފި އެވެ.

އަޅާފައިވާ ރައްކާތެރި ކަމުގެ ފިޔަވަޅުތަކަށް އަމަލު ނުކުރާ މީހުންނަށް އަދަބު ދިނުމުގެ ގޮތުން، ޖޫރިމަނާ ކުރުން ނުވަތަ ހައްޔަރު ކޮށްގެން ފުލުހުން ގެ ބެލުމުގެ ދަށަށް ގެންދިއުން ހިމެނެ އެވެ.

ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުޔެއްދީ، އިއްޔެ ފަތިހުން ފެށިގެން ހުއްދަ ނެތި ވަކި ވަގުތުތަކެއްގައި ބޭރުގައި އުޅެވޭނެ ކަމަށް ސަރުކާރުން ވަނީ އިއުލާން ކޮށްފަ އެވެ.

އެގޮތުން، މީގެ ކުރިން މުޅި މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާއިރު، ބޭރަށް ނިކުތުމުގެ ހުއްދަ ލިބިފައި ވަނީ ފުލުހުންގެ ގާތުން ހާއްސަ ފާހަށް އެދި އެ ފާސް ލިބިފައިވާ މީހުންނަށް އެކަންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް