ads
އަބްދުއްރަހުމާންގެ މަރުގެ ތުހުމަތުގައި ހައްޔަރުކުރި ޒުވާނުން. ފޮޓޯ: އެމްވީ ކްރައިސިސް
އަބްދުއްރަހްމާން ދަރިއަށް ފާރިސްގެ ފޯނު ކޯލް، ޝައްކު އުފެދުނު ސަބަބު
މާޅޮހުގައި މަރާލާފައި އޮއްވާ ފެނުނު އަބްދުއްރަހްމާން މަރު ގުޅިފައިވަނީ ސިހުރާކަމާއި އެރަށު ވާހަކަ ދެއްކި ބައެއް މީހުން ބުނެފިއެވެ.
Advertisement

ގޭގައި ނިދާފައި އޮއްވައި ބޮލަށް ހަމަލާދިނުމުގެ މަރުވި އަބްދުއްރަހުމާން އާދަމްގެ މަރުގެ މައްސަލާގައި  ތިން މީހަކު ހައްޔރުކޮށްފައިވާކަމަށް ފުލުހުން މިއަދު ވަނީ ބުނެފައެވެ. އެހެންނަމަވެސް އެ މީހުން ތަފްސީލެއް ފުލުހުން އަދި އާއްމެއް ނުކުރެއެވެ. 

އެހެންނަމަވެސް އެރަށުން ވާހަކަ ދެއްކި މީހުން ބުނީ ހައްޔަރުކޮށްފައިވަނީ އެރަށް ނިސްބަތްވާ ތިން ޒުވާނުންކަމަށެވެ. އޭގެތެރެއިން އެކަކު ހައްޔަރުކުރީ މާލޭގައި ހުއްޓާކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

އަބްދުއްރަހުމާން އާދަމްގެ މަރުގެ ތުހުމަތުގައި ހައްޔަރުކުރި ޒުވާނުން 

  • ލިލީފެހި، އއ. މާޅޮސް/ އުމުރުން 23 އަހަރުގެ މުހައްމަދު ވިސާމް،
  • ފިނިވާގެ، އއ. މާޅޮސް  / އުމުރުން 28 އަހަރުގެ އަހުމަދު ފާރިސް
  • ފިޔަ، އއ. މާޅޮސް /  އުމުރުން 28 އަހަރުގެ އަހުމަދު އާޝިދު 

މި ތިން ޒުވާނުންގެ މައްޗަށް އަބްދުއްރަހްމާންގެ މަރުގެ ތުހުމަތު އުފެދުނީ އެތަނުން ފާރިޝް ކިޔާ ޒުވާނާގެ ފޯނު ކޯލެއްގެ ސަބަބުންކަން ވަނީ އެނގިފައެވެ. 

ފާރިޝް ގުޅީ އަބްދުއްރަހްމާންގެ ދަރިއަކާއިއެވެ. އެއީ މާލޭގައި ހުންނަ ދަރިއެކެވެ. 

އެންގިފައިވާ ގޮތުން އެރޭ ދަންވަރު، ފާރިޝް އަބްދުއްރަހްމާންގެ ދަރިފުޅަށް ފޯނުން ގުޅީ އެ ހާދިސާ ހިނގުމުގެ ކުރިންނެވެ. އެހެންނަމަވެސް އެ ވަގުތު އަބްދުއްރަހްމާން ދަރިފުޅު ފޯނު ނަގާފައެއް ނުވެއެވެ. 

ބައްޕަގެ މަރުގެ ހަބަރު ލިބުމުން ފާރިޝް އަށް އަބްދުއްރަހްމާން ދަރި ގުޅުމުން އޭރު ގުޅީ އެގެކައިރިއަށް މީހުން އެއްވެ އުޅޭތީ ގުޅީ ކަމަށް ފާރިޝް ބުނިކަމަށް އެރަށުން ވާހަކަ ދެއްކި މީހަކު ބުނެއެވެ. 

އެރަށުން ވާހަކަ ދެއްކި މީހާ ބުނީ އަބްދުރަހްމާން ސިހުރު ހަދާކަމުގެ ތުހުމަތު ކުރެވޭކަމަށެވެ. އަދި ތުހުމަތުކުރެވޭ ޒުވާނުން އެކަން ކުރިކަމަށް ބެލެވެނީވެސް އެ ސަބަބާއި ހެދިކަމަށެވެ. އެގޮތުން އާޝިދު މަންމަގެ ގެއަށް އަބްދުއްރަހްމާން އެއްޗެއް ކިޔަވާފައި އެއްލިތަން ފެނިފައިވާކަމަށް ވެއެވެ. އަފި މި މަންޒަރު އަރާފައިވަނީ ފާރިސް ހިންގާ ފިހާރައެއްގެ ސީސީޓީވީއަށްކަމަށްވެސް އެރަށުން ވާހަކަ ދެއްކި މީހަކު ބުނެއެވެ.

އަބްދުއްރަހްމާންގެ މަރުގެ ތުހުމަތުގައި ހައްޔަރުކުރި ޒުވާނުންގެ ތެރެއިން މުހައްމަދު ވިސާމްއަކީ ސިޔާސީ މަގާމެއްކަމަށްވާ ޔޫތު އެސޯސިއޭޓްގެ މަގާމުގައި ހުރި ޒުވާނެކެވެ. އަނެއް ދެ ޒުވާނުންނަކީ ސަރުކާރުގެ ދެ ކުންފުންޏެއްގައި މަސައްކަތް ކުރަމުން އަންނަ ދެ ޒުވާނުންނެވެ. 

އަބްދުއްރަހްމާން ހަމަލާދީ މަރާލީ އއ. މާޅޮސް، މާހިޔާ ގޭގައި އޭނާ ނިދާފައި އޮއްވައެވެ. އެ ގެއަކީ އޭނާގެ ހުވަފަތް އަންހެނުން، ނާޒިމާގެ ގެ އެވެ. އަބްދުއްރަހްމާންގެ ގާތިލު އޭނާއަށް ހަމަލާދިން ވަގުތު އެ ގޭގައި ދިރިއުޅެމުން ދިޔައީ އަބްދުއްރަހްމާންގެ ދެމަފިރިން އެކަންޏެވެ. އަބްދުއްރަހްމާން މަރައިލީ ސީދާ ކޮން ސަބަބަކާ ހެދިކަމެއް އަދި ސާފެއް ނުވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް