ads
ޝޭކަރު ކަޕޫރު އަދި ހީތު ލެޖާ
ހީތު ލެޖާ މަރުވި ދުވަހު އޭނާ ހެނދުނު ހޭލައްވަން ޝޭކަރު ކައިރީ ބުނިކަން އެނގޭތަ؟
މަޝްހޫރު ޑައިރެކްޓަރު ޝޭކަރު ކަޕޫރު މިވަނީ އޭނާ އާއި ހޮލީވުޑްގެ މަޝްހޫރު ތަރި ހީތު ލެޖާ އާއި ދެމެދު އެންމެ ފަހުން ދެކެވުނު ވާހަކަތައް ހިއްސާ ކޮށްފަ އެވެ.

މަނޯޖް ބަޖްޕަޔީ އާއި އެކު އިންސްޓަގްރާމް ލައިވް އެއްގައި ވާހަކަ ދައްކަވަމުން ޝޭކަރު ބުނީ 2008 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހު ހީތު ހޭލައްވަން ގުޅަން ޖެހޭ މީހަކީ އޭނާ ކަމަށް ބުނެފަ އެވެ.

ޝޭކަރު ކިޔައިދިން ގޮތުގައި އޭރު އޭނާ ހުރީ ނިއުޔޯކް ގައި ކަމަށާއި ހީތު އާއި އެކީ ފިލްމެއްގެ މަސައްކަތް ކުރުމަށް އޭނާ ވަނީ އޭރު ނިންމާފަ އެވެ. އޭނާގެ ފިލްމު 9 އޮކޮލޮކް ވާ ގެ ލީޑް ރޯލުން ފެނިގެން ދިއުމަށް ހަމަޖެހިފައި އޮތީ ހީތު ކަމަށް ޝޭކަރު ބުންޏެވެ. އެހެންވެ ފިލްމުގެ ވާހަކަތައް ދައްކަންވެގެން ދެމީހުން ބައްދަލުކުރަން ރޭވި ކަމަށް ޝޭކަރު ކިޔައިދި ނެވެ. 

ޝޭކަރު ބުނީ ޖެނުއަރީ 21 ވަނަ ދުވަހު ހީތު އޭނާ އަށް ގުޅާފައި މިއަދު ތިމަންނަ ކުޑަކޮށް ދަތުރު ވަރުބަލި ކަމަށް ބުނެ ޖެހިގެން އައި ދުވަހު ދިމާކުރަން އެދުނު ކަމަށެވެ. އަދި އެގޮތަށް ޝޭކަރު އެއްބަސް ވުމުން 22 ވަނަ ދުވަހުގެ ހެނދުނު 09:30 ގައި އޭނާ އަށް ގުޅައި އޭނާ ހޭލައްވަން ހީތު ޝޭކަރުގެ ކައިރީ އެދުނު ކަމަށް ޝޭކަރު ކިޔައިދިނެވެ. 

އެހެން ނަމަވެސް އެދުވަހު ހެނދުނު އޭނާއަށް ނުގުޅާ މަޑު ކުރީ ކަމަށް ޝޭކަރު ބުންޏެވެ. ޝޭކަރު ވަނީ އޭނާ ހީތު އަށް ނުގުޅީ ހީތު ވަރުބަލިވެފައި ހުރީމާ އަރާމުކޮށްލަން ވަގުތުދޭން ވެގެން ކަމަށް ވެސް ބުނެފަ އެވެ. 

އެދުވަހުގެ މެންދުރު ކުރި 11:30 ގައި ޝޭކަރުގެ ރަހުމަތްތެރިއަކު އައިސް އޭނާ ގާތު އިށީންނަން ބުނި ކަމަށާއި އަދި އިށީނުމުން ހީތު މަރުވި ވާހަކަ އެ ރަހުމަތްތެރިއާ ބުނިކަމަށް ޝޭކަރު ކިޔައިދި ނެވެ. 

އެ ވަގުތު އޭނާ އަށް ވާހަކަ ގަބޫލު ނުކުރެވުނު ކަމަށާއި އަދި ރޭގަ ހީތު އާއި ވާހަކަ ދެއްކި ކަމަށް ވެސް ރަހުމަތްތެރިޔާ ގާތު ބުނިކަމަށް ވެސް ޝޭކަރު ކިޔައިދި ނެވެ. 

ޝޭކަރު ވަނީ ހީތު އާއި އެކު 2002 ވަނަ އަހަރުގެ 'ދަ ފޯ ފެދާސް' ގައި ވެސް މަސައްކަތް ކޮށްފަ އެވެ. 

ހީތު އާންމުންގެ މެދުގައި މަޝްހޫރު ވެފައި ވަނީ ޖޯކާގެ ރޯލުން ނެވެ. އޭނާ މަރުވެފައި ވަނީ ޑްރަގް އޯވަޑޯސް އެއްގެ ސަބަބުން ކާޑިއެކް އެރެސްޓެއްގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް