ads
ފެން ބޯނެ ރަނގަޅު ގޮތް މަލައިކާ ކިޔައިދީފި
ބޮލީވުޑްގެ ތަރި މަލައިކާ އަރޯރާ ވަނީ ފެން ބޯނެ ރަނގަޅު ގޮތް އޭނާގެ ފޭނުންނާއި ސޯޝަލް މީޑިއާގެ ޒަރިއްޔާއިން ހިއްސާ ކޮށްފަ އެވެ.

މަލައިކާ އަކީ ބޮލީވުޑް އިންޑަސްޓްރީގެ ތަރިން ތަކުގެ ތެރެއިން އެންމެ ފިޓު އެއް ތަރި އެވެ. 

ވަރަށް ފަހުން ވެޖިޓޭރިއަން އަކަށް ބަދަލު ވެފައިވާ މަލައިކާ އަކީ އަބަދުވެސް އޭނާގެ ޑައިޓުގައި ބޭނުން ކުރާ ކާ އެއްޗެހި ފޭނުންނާއި ހިއްސާ ކުރަމުންދާ ތަރި އެކެވެ. އަދި މި ފަހުން އޭނާ ވަނީ ރަނގަޅަށް ފެން ބޯނެ ގޮތް އޭނާގެ ފޭނުންނާއި ހިއްސާ ކޮށްލާފަ އެވެ.

އިންސްޓަގްރާމް ގައި މަލައިކާ ޕޯސްޓު ކޮށްފައިވާ ވީޑިއޯ އެއްގައި އޭނާ ބުނީ ރަނގަޅު ސިއްހަތެއްގައި ހުރުމާއި، ފިޓު ކޮށް ހުރުމުގެ ވާހަކަ ދައްކާއިރު، އެންމެ ފަސޭހަ އަދި އެންމެ ބޭސިކް ކަންތައް ވެސް ގިނަ މީހުން ކޮށް އުޅެނީ ނުބައި ކޮން ކަމަށެވެ. އަދި ފެން ބުއިން ފަދަ ކޮށްލަން ފަސޭހަ ކަންތައް ވެސް ގިނަ މީހުން ކޮށް އުޅެނީ ނުބައި ކޮށް ކަމަށް އޭނާ ވަނީ ފާހަގަ ކޮށްފަ އެވެ.

އެއް މިނެޓުގެ ވީޑިއޯ އަކުން ރަނގަޅަށް ފެން ބޯ ގޮތް ހިއްސާ ކުރަމުން މަލައިކާ ބުނީ، ގިނަ މީހުން ފެން ބޮއެ ހަދާ އުޅެނީ މާ އަވަސް އަރުވައިލާގެން ކަމަށެވެ. ނަމަވެސް ފެނުން ލިބޭ ފައިދާތައް ލިބިގަތުމަށް ފެން ބޯ ނަމަ، ހަމަޖެހިލައިގެން ތަނެއްގައި އިޝީންދެ އިނދެ މަޑުމަޑުން މަދު މަދު އެތި ކޮޅުން ފެން ބުއިމަކީ އެންމެ ރަނގަޅު ގޮތް ކަމަށް މަލައިކާ ވަނީ ބުނެފަ އެވެ. އަދި ކޮށްޅަށް ހުރެ އަވަސް އަރުވާލާ، އެއްފަހަރާ އެހާ ބައިވަރު ފެން ބޮއެ ނުހެދުމަށް އޭނާ ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް