ads
ވެއްޓުނު އިންޑިޔާ ބޯޓު
ވެއްޓުނު އިންޑިޔާ ބޯޓުގެ ކަޅުފޮށި ފެނިއްޖެ
އަހްމަދު އާބާދަށް ވެއްޓުނު އެއަރ އިންޑިޔާ ފްލައިޓުގެ ކަޅުފޮށި ނުވަތަ ފްލައިޓްގެ ޑާޓާ ރެކޯޑްކުރާ ފޮށި ފެނިއްޖެއެވެ.
Advertisement

ވެއްޓުނު އިންޑިޔާ ބޯޓުގެ ކަޅުފޮށީ ފެނުނުކަން އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ހުކުރު ދުވަހުވަނީ އިއުލާން ކުރައްވާފައެވެ. ކަޅުފޮށި މި ފެނުނީ ބޯޓު ވެއްޓުނުތާ ގާތްގަނޑަކަށް 28 ގަޑިއިރު ފަހުންނެވެ.

މިއާއެކު، ބޯޓު ވެއްޓުނު ހާދިސާގެ ތަހުގީގަށް މުހިއްމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. ކަޅުފޮށްޓަކީ ބޯޓުގައި ޕައިލެޓުން ދައްކަމުންދާ ހުރިހާ ވާހަކައެއް ރެކޯޑް ކުރެވޭ ޑިވައިސްއެވެ. އޭގެ އިތުރުން ފްލައިޓް ދަތުރުކުރަމުން ދިޔަ އުސްމިނާ، ސްޕީޑް އަދި އެ ނޫންވެސް މުހިއްމު ހުރިހާ ޑާޓާއެއް މި ޑިވައިސްގައި ރެކޯޑް ކުރެވޭނެއެވެ.

"[ކަޅު ފޮށި ހޯދުމަކީ] ތަހުގީގުގައި ކުރިއަށް އެޅި މުހިންމު ފިޔަވަޅެއް" އަދި ކާރިސާއާ ގުޅޭ ގޮތުން "ތަހުގީގަށް ވަރަށް ބޮޑަށް އެހީތެރިވެދޭނެ" ކަމަށް އިންޑިޔާގެ ސިވިލް އޭވިއޭޝަން މިނިސްޓަރާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

ލަންޑަނަށް ދަތުރުކުރި ފްލައިޓުގައި ތިބި 242 މީހުންގެ ތެރެއިން އެކަކު ފިޔަވައި އެހެން އެންމެންވަނީ މަރުވެފައެވެ. ސަލާމަތްވީ ހަމައެކަނި މީހާއަށް ހޮސްޕިޓަލުގައި ފަރުވާ ދެވެމުންދާއިރު، އޭނާގެ ހާލު ރަނގަޅު ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ހާދިސާގައި ބޯޓުން ދަތުރުކުރި މީހުންގެ އިތުރު ބޯޓު ވެއްޓުނު ސަރަހައްދުންވެސް ބައެއް މީހުން މަރުވިއެވެ.  

އެމެރިކާ އާއި އިނގިރޭސިވިލާތުގެ ޓީމުތަކުގެ އެހީތެރިކަމާއެކު ބޯޓު ވެއްޓުނު ސަބަބުގެ ތަހުގީގު ލީޑް ކުރަމުން އަންނަނީ އޭއޭއައިބީންނެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް