ads
ޔޫއެސް އޯޕަން ޓްރޮފީއާ އެކު ނަޑާލް
ޔޫއެސް އޯޕަން ޓެނިސް މުބާރާތް ކުރިއަށް ދާނީ ސަޕޯޓަރުން ނުވައްދާ
ޔޫއެސް އޯޕަން ޓެނިސް މުބާރާތް ސަޕޯޓަރުން ނުވައްދައި، ކުރިއަށް ގެންދަން މުބާރާތް އިންތިޒާމް ކުރާ ފަރާތުން ނިންމައިފިއެވެ. ކޮވިޑާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މުބާރާތް ކުރިއަށް ނުގެންދިޔުމަށް ގިނަ ބަޔަކު އެދެމުން ދިޔަ ނަމަވެސް އަންނަ އޮގަސްޓް މަހުގެ އެއްތިރީހުން ސެޕްޓެމްބަރު މަހުގެ ތޭރައަށް މުބާރާތް ކުރިއަށް ގެންދިޔުމަށްވަނީ ނިންމާފައެވެ.

ކޮވިޑާ ގުޅިގެން ޕްރޮފެޝަނަލް ޓެނިހުގެ އެއްވެސް ހަރަކާތެއް މާރިޗު މަހުން ފެށިގެން ކުރިއަށް ނުގެންދެއެވެ. އަދި ކޮވިޑާ ގުޅިގެން ވިމްބްލްޑަންވެސް ކެންސަލްކޮށްފައިވާ އިރު، ޔޫއެސް އޯޕަންވެސް ކެންސަލް ކުރުމަށް ގިނަ އެތްލީޓުން ވެސްވަނީ ގޮވާލާފައެވެ. އެހެންނަމަވެސް ނިއުޔޯކުގެ ގަވަރުނަރުގެ އެޕްރޫވަލްއާއި އެކު މުބާރާތް ކުރިއަށް ގެންދިޔުމަށްވަނީ ނިންމާފައެވެ. މުބާރާތް ފަސްކުރަން ގޮވާލާފައިވާ ގިނަ ފަރާތްތަކުގެ އެދުމަކަށްވީ މިއީ މުބާރާތް ކުރިއަށް ގެންދަން އެންމެ ރަނގަޅު ދުވަސްވަރު ނޫން ކަމަށެވެ. އަދި އެމެރިކާއަކީ ކޮވިޑުގެ އަސަރު އެންމެ ބޮޑަށްކޮށްފައިވާ ގައުމަށްވާއިރު ހަމަ އެކަނި ނިއުޔޯކުގައިވެސް ތިރީސް ހާހަށްވުރެ ގިނަ މީހުންވަނީ ކޮވިޑުގައި މަރުވެފައެވެ.

ކޮވިޑުގެ ހާލަތު އެމެރިކާގައި ނުރައްކާތެރި ގޮތަކަށް އޮތް ނަމަވެސް މުބާރާތް އިންތިޒާމް ކުރާ ފަރާތުން އަންނަނީ ރައްކާތެރިކަމުގެ ފުރިހަމަ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ބުނަމުންނެވެ.

ޔޫއެސް އޯޕަން މުބާރާތް އެންމެ ފަހުން ކާމިޔާބުކޮށްފައިވަނީ ރަފައެލް ނަޑާލްއެވެ. ހުސްވި އަހަރުގެ ސެޕްޓެމްބަރު މަހު، ނަޑާލް މި މުބާރާތް ކާމިޔާބުކުރީ ރަޝިއާގެ ޑެނީލް މެޑްވެޑޭވް ބަލިކޮށްގެނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް