ads
ބަޔާންގެ ކުޅުންތެރިން
ޖަރުމަނުގެ ޗެމްޕިއަންކަން އަނެއްކާވެސް ބަޔާން މިއުނިކަށް
ވިދިވިދިގެން އަށްވަނަ ފަހަރަށް ޖަރުމަން ލީގުގެ ޗެމްޕިއަންކަން ބަޔާން މިއުނިކް ހޯދައިފިއެވެ. ބަޔާނުން ޗެމްޕިއަންކަން ހޯދީ، އަންގާރަ ދުވަހުގެ ރޭ ވާޑަ ބްރޭމަން ބަލިކޮށްގެންނެވެ.

ލީގުގައި ބާކީ ދެ މެޗު އަދި ނުކުޅެ އޮއްވާ ބަޔާނުން ޗެމްޕިއަންކަން ހޯދީ ރަށުން ބޭރުގައި އެއް ލަނޑު ސުން ލަނޑުން ވާޑަ ބްރޭމަން ބަލިކޮށްގެނެވެ. މެޗުގެ ހަމަ އެކަނި ލަނޑު ޖަހާ، އަށްވަނަ ފަހަރަށް ބަޔާނަށް ލީގު ކަށަވަރުކޮށްދިނީ ރޮބްޓް ލެވަންޑޮސްކީއެވެ. ރޭގެ ނަތީޖާއާއި އެކު ބަޔާނަށް އެގާރަ ޕޮއިންޓްގެ ފަރަގަކާއި އެކު ބައްތިރީސް މެޗުން ހަތްދިހަ ހަ ޕޮއިންޓް ލިބިފައިވެއެވެ. ދެވަނައިގަ އޮތް ބޮރޫޝިޔާ ޑޯޓްމަންޑަށް އެ ޓީމުން ބާކީ ކުޅެން އޮތް ތިން މެޗު ކާމިޔާބު ކުރިއަސް ބަޔާން އަތެއް ނުވާނެއެވެ. ބޮރޫޝިޔާ ޑޯޓްމަންޑަށް ބާކީ ތިން މެޗު ކުޅެން އޮތް އިރު ލިބިފައިވަނީ ފަސްދޮޅަސް ހަ ޕޮއިންޓެވެ.

އަށްވަނަ ސީޒަނެއްގެ ޗެމްޕިއަންކަން ޖެހިޖެހިގެން ހޯދި ބަޔާނަކީ ޖަރުމަނުގެ އެންމެ ކާމިޔާބު ކްލަބެވެ. އެ ޓީމުންވަނީ އޮނަތިރީސް ފަހަރު ބުންޑަސް ލީގާ ކާމިޔާބުކޮށްފައެވެ. އަދި މި ސީޒަންގައި މިހާރުވެސްވަނީ ޖަރުމަން ކަޕުގެ ފައިނަލުންވެސް ޖާގަ ހޯދާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް