ads
މާފަރު އިންޓަނޭޝަނަލް އެއާޕޯޓް
މާފަރު އެއާޕޯޓުގައި ކޮވިޑް-19އަށް ޓެސްޓުކުރާ ލެބެއް ގާއިމުކުރަނީ
މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ކޮވިޑް-19 އަށް ޓެސްޓުކުރާ ލެބެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމެޓީގައި ވާހަކަ ދައްކަވަމުން ރިޒްވީ ވިދާޅުވީ މާފަރު އެއާޕޯޓުގައި ގާއިމްކުރާ ލެބްގެ މަސައްކަތް ކުރަނީ އެސަރަހައްދުގައި އޮންނަ ސޮނޭވާ ޖާނީ ހިންގާ ސޮނޭވާ ގްރޫޕުގެ ފަރާތުން ކަމަށެވެ. 

ރިޒްވީ ވިދާޅުވީ ސޮނެވާ ކުންފުނީގެ ހަރަދުގައި ހަދާ މި ލެބަށް ބޭނުންވާ މެޝިނަރީ ހޯދުމާއި، ބޭނުންވާ ހުއްދަތައް ސަރުކާރުގެ އިދާރާތަކުން ހޯދުމުގެ މަސައްކަތްވެސް ކުރަނީ އެ ކުންފުނިން ކަމަށެވެ. އަދި މި ލެބުގެ މަސައްކަތް ޖޫން މަހުގެ 25 ވަނަ ދުވަހަށް ނިމޭނެ ކަމަށް ވެސް ރިޒްވީ ވަނީ ވިދާޅުވެފަ އެވެ. 

މާފަރު އެއާޕޯޓު އޮންނަ ސަރަހައްދަކީ ގިނަ އަދަދެއްގެ ހައި އެންޑް ރިސޯޓުތައް އޮންނަ ސަރަހައްދަކަށް ވުމުން ރާއްޖެ އަންނަ ފަތުރުވެރިންނަށް ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް މި ލެބު ބޭނުން ކުރެވޭނެ ކަަމަށް ރިޒްވީ ވިދާޅުވި އެވެ. 

ޓުމި ލެބަކީ އެ އާޕޯޓަށް ދަތުރުކުރާ ޓުއަރިސްޓުން ކޮވިޑް-19 އަށް ޓެސްޓު ކުރަން ހަދާ ލެބެއް ކަމުން އެ އާޕޯޓަށް ދަތުރުކުރާ ހުރިހާ ޓޫރިސްޓުންވެސް އެތަނުން ނުކުންނާނީ ކޮވިޑަށް ޓެސްޓުކޮށްފައި ކަމަށް ވެސް ރިޒްވީ ވަނީ ފާހަގަކުރައްވާފަ އެވެ. އަދި މީގެ ސަބަބުން ފަތުރުވެރިންގެ އިތުބާރު ބޮޑުވެގެންދާނެ ކަމަށް ވެސް ރިޒްވީ ވިދާޅުވި އެވެ. 

މީގެ އިތުރުން އެ އެއާޕޯޓުގައި ތާމަލް ކެމެރާ ބެހައްޓައި މިހާރު ކުރިއަށްދަނީ ކައުންޓަރުތަކުގައި ބިއްލޫރި ޕާޓިޝަންޖަހައި، ސޯޝަލް ޑިސްޓެންސިން މާކު ހަރުކުރުމުގެ މަސައްކަތްތަކެވެ. އަދި އެއާޕޯޓު ޓާމިނަލްގެ އިންޓީރިއާއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްތައް އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް ރިޒްވީ ވިދާޅުވި އެވެ. 

މޯލްޑިވިއަން އިން ވަނީ އެކުންފުނީގެ އެންމެ ބޮޑު ފްލައިޓް އޭ321 މަރުކާގެ ބޯޓު އިއްޔަ މާފަރު އެއާޕޯޓުގައި ޖައްސާފަ އެވެ. 

ނިއު ނޯމަލްގެ ދުވަސްތައް ފަށާއިރު، މާފަރު އެއާޕޯޓުން އިންޓަނޭޝަނަލް އެއާޕޯޓަކުން ލިބޭ ހިދުމަތްތަކާއި އެކު ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ އިރު އެއާޕޯޓުން ޑޮމެސްޓިކް އެއާޕޯޓެއްގެ ގޮތުގައި ހިދުމަތްދޭން ފަށާފައި ވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ.

މާފަރު އެއާޕޯޓް ތަރައްގީކޮށްފައި ވަނީ އަބޫދާބީ ފަންޑުން ހަދިޔާކުރި 60 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން ނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް