އަންނަ އަހަރު ޕާޓީއަށް ވަންނަ މީހުންނަށް ޕްރައިމަރީގައި ވާދަނުކުރެވޭނެ: އެމްޑީޕީ
12 ޑިސެމްބަރ 2019 - 18:46:34
އަންނަ އަހަރު އޮންނަ ކައުންސިލް އިންތިހާބުގައި އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓުން ހޯދުމަށް ބާއްވާ ޕްރައިމަރީގައި ވާދަ ކުރެވޭނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުގެ ކުރިން އެ ޕާޓީގެ މެމްބަރުންގެ ދަފްތަރުގައި ހިމެނިފައިވާ މެމްބަރުންނަށް އެކަނި ކަމަށް އެ ޕާޓީން ބުނެފިއެވެ.

ސީއެންއެމަށް ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ޑެޕިއުޓީ ސެކެރެޓަރީ ޖެނެރަލް އަފްޝަން ލަތީފް ވިދާޅުވީ އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި އެ ޕާޓީން ވާދަ ކުރާ ކެނޑިޑޭޓުން ޕްރައިމަރީގައި ވާދަ ކުރެވޭނީ އަދި ވޯޓު ދެވޭނީ އަންނަ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުގެ ކުރިން އެ ޕާޓީގެ މެމްބަރުންގެ ދަފްތަރުގައި ހިމެނިފައިވާ އެމްޑީޕީ މެމްބަރުންނަށް ކަމަށެވެ.
އަދި އެގޮތަށް ޕާޓީން ނިއްމީ ޕާޓީގެ ގައުމީ މަޖިލިހުން އެކުލަވާލި ކޮމެޓީއަކުން ކަމަށް ވިދާޅުވެ އަފްޝަން ވިދާޅުވީ އެކަން އެގޮތަށް ކުރުމަށް ގައުމީ މަޖިލިހަށް ގަރާރެއް ހުށަހެޅީ އަހުމަދު އަދުހަމް ކަމަށެވެ. އެ ގަރާރާއެކު ޕާޓީގެ މެމްބަރުން ވަކި ގޮތަކަށް އިންތިހާބުގައި ވާދަ ކުރާނެ ގޮތެއް ކަނޑައެޅީ ކަމަށް އަފްޝަން ވިދާޅުވިއެވެ.
ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ގިނަ މެންބަރުން ގިނަ ސިޔާސީ ޕާޓީއަކީ އެމްޑީޕީއެވެ.
އިލެކްޝަންސް ކޮމިޝަނުން ނޮވެންބަރު މަހު އާއްމުކުރި ސިޔާސީ ޕާޓީތަކުގެ ތަފާސް ހިސާބު ދައްކާ ގޮތުގައި އެމްޑީޕީގައި 53،694 މެންބަރުން އެބަ ތިއްބެވެ. މި އަދަދާއި އެކު އެމްޑީޕީ ވެގެން ގޮސްފައި މިވަނީ ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ތެރެއިން މިހާތަނަށް އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީގެ ގޮތުގައެވެ.
އެމްޑީޕީއަށް ފަހު ދެން އެންމެ މެންބަރުން ގިނަ ޕާޓީއަކަށް އިދިކޮޅު ޕީޕީއެމްގައެވެ. އެޕާޓީގައި 36،831 މެންބަރުން ތިބިއިރު 10،726 މެންބަރުންނާއި އެކު ތިންވަނައަށް އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީއަކަށް ވެފައިވަނީ ޖުމްހޫރީ ޕާޓީއެވެ. އެމްޑީއޭގައި 8،805 މެންބަރުން ތިއްބައެވެ.
އަދާލަތު ޕާޓީގައި 6554 މެންބަރުން ތިބިއިރު ޕީއެންސީގައި މިވަގުތު ތިބީ 4367 މެންބަރުންނެވެ. އެމްޓީޑީގައި ތިބީ 3498 މެންބަރުންނެވެ. ލޭބާ ޕާޓީގައި 3004 މެންބަރުން ތިބިއިރު ޑީއާރްޕީގައި ތިބީ 2985 މެންބަރުންނެވެ.
އިލެކްޝަންސް ކޮމިޝަނުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގަމުން އަންނަ 10 ޕާޓީއެއް އެބައޮތެވެ.
އެމްޑީޕީން ވަނީ ނޮވެމްބަރު މަހުގެ ތެރޭގައި އެޕާޓީގެ އެތެރޭގެ އިންތިހާބުގައި ޕާޓީގެ ރައީސް ކަމާއި ނައިބް ރައީސް ކަމަށް ވަނީ ބޭފުޅުން އިންތިހާބުކޮށްފަ އެވެ.
އެގޮތުން އެމްޑީޕީގެ ރައީސް ކަމަށް ވާދަކުރެއްވި ހަމައެކަނި ކެންޑިޑޭޓް، ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިއިންތިހާބުގެ ދާއިމީ ނަތީޖާއަށް ބަލާއިރު ލިބިވަޑައިގެންނެވީ 24202 ވޯޓެވެ. ރައީސް ނަޝީދު އެމްޑީޕީގެ ރައީސް ކަމުގައި ހުންނަވަން ނުފެންނަ ކަމަށް 421 މީހުން ވަނީ ވޯޓް ދެއްވާފަ އެވެ. ސައްހަ 24623 ވޯޓް ހިމެނޭއިރު 479 ވޯޓު ވަނީ ބާތިލްވެފަ އެވެ.
އެމްޑީޕީގެ ނައިބް ރައީސް ކަމަށް ކުރިމަތިލެއްވީ ރައީސް އޮފީހުގެ ވަޒީރު މުހައްމަދު ޝިފާޒާއި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އެވެ. މިއިންތިހާބުގެ ދާއިމީ ނަތީޖާއަށް ބަލާއިރު ޝިފާޒަށް ލިބިވަޑައިގެންނެވީ 13815 ވޯޓެވެ. އަސްލަމަށް ލިބިވަޑައިގެންނެވީ 10840 ވޯޓެވެ. ސައްހަ 24655 ވޯޓް ހިމެނޭއިރު 447 ވޯޓު ވަނީ ބާތިލްވެފަ އެވެ. މި ދެ ބޭފުޅުންގެ ތެރެއިން ބޭފުޅަކު ނައިބް ރައީސް ކަމަށް ހޮވުމަށް 25102 މީހުން ވޯޓު ދީފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް