ads
ނަވާޒުއްދީން--
ފަގީރުކަމުގައި ދިރިއުޅުނު ނިކަމެތި ހާލު ނަވާޒުއްދީން ކިޔައިދީފި
ބޮލީވުޑުގެ ތަރި ނަވާޒުއްދީން ސިއްދީގީ، މީގެ އަހަރުތަކެއް ކުރިން އުޅުނު ހިތްދަތި ދިރިއުޅުމުގެ ހަނދާންތައް އާކޮށްފި އެވެެ.
Advertisement

ހިންދުސްތާން ޓައިމްސްއަށް ދިން ހާއްސަ އިންޓަވިއުއެއްގައި ނަވާޒުއްޒީން ބުނީ މަސައްކަތެއް ނުލިބި ފައިސާ ލިބޭނެ މަގެއް އޭރު ނުފެނުމުން އޭނާ ޑިޕްރެޝަނަށް ދިޔަ ކަމަށެވެ. އެގޮތުން ބަނޑުހައި ހޫނު ކަންކަމަތީގައި ބައެއް ދުވަސް ދުވަހު މަރުވާން އުޅޭހެން ވެސް ހީވި ކަމަށް ނަވާޒުއްދީން ބުނެ އެވެ. 

އެކަމުގެ ސަބަބުން މީހާގެ ވަރުދެރަވެ، ބޮލުން އިސްތަށިފައިބަން ފެށިކަމަށް ވެސް ނަވާޒުއްދީން ބުނެ އެވެ.

ނަވާޒުއްދީން ބުނީ އަބަދުވެސް އޭނާއަކީ ގަދައަޅާ މަސައްކަތްކުރަން ބޭނުންވާ މީހެއް ކަމަށާއި ދުވަހުވެސް ތަރިއަކަށް ވުމުގެ އުއްމީދު ނުގެންގުޅޭ ކަމަށެވެ. 

އޭނާގެ ހަމައެކަނި އުއްމީދަކަށްވީ ކައިގެން ބޮއެގެން އުޅެވޭނެ ވަރު ކުރުން ކަމަށާއި އެގޮތަށް 10 އަހަރު ވޭނުގައި އުޅުނު ކަމަށެވެ. ތަފާތު އެކި މަސައްކަތްތަކުގައި އުޅުން ކަމަށާއި އަދި ރައްޓެހިންގެ ގެއަށް ވެސް ކާންގޮސް އުޅުނު ކަމަށް އޭނާ ބުންޏެވެ.

ޑިޕްރެޝަނާ ގުޅިގެން ވާހަކަ ދައްކަމުން ނަވާޒުއްދީން ބުނީ އެފަދަ ދަތި ހާލަތެއްގައި އުޅެން ޖެހުމުގެ ސަބަބުން ވަރަށް ބޮޑަށް މާޔޫސްވެ ޑިޕްރެޝަނުގެ ދުނިޔެއަށް ވެއްޓުން ކަމަށެވެ. އަދި ކާމިޔާބުވުމަކީ މުޅި އުމުރު ތިމާ އުފުލުގައި ހުންނާނެ ސަބަބެއް ނޫންކަން ފާހަގަކުރަމުން އޭނާ ބުނީ ދުނިޔެ ލިބުނަސް އަދި އުފާވެސް ނުވެދާނެ ކަމަށެވެ. އަދި އެއީ ދުނިޔޭގެ އާދަ ކަމަށް ވެސް ބުންޏެވެ. 

ބޮލީވުޑަށް ތައާރަފުވުމުގެ ކުރިން އޭނާ ވަނީ ދަނޑުވެރިއެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފަ އެވެ. އަދި ފަހުން މަގުމަތީގައި ތަކެތި ވިއްކުމަށް ގާޑިޔާ ހިފައިގެން ވެސް އުޅުނެވެ. 

އެކަމަކު މިއަދު ބޮލީވުޑުގެ ކާމިޔާބު ތަރިންގެ ލިސްޓުގައި ނަވާޒުއްދީން ހިމެނޭއިރު ބަޖްރާންގީ ބައިޖާން އާއި ފޮޓޯގްރާފް ފަދަ ފިލްމުތަކުން ވެސް ފެނިފަ އެވެ. އޭނާގެ ކުރިއަށް އޮތް މަސައްކަތަކީ "ބޯލެ ޗޫޅިޔާން" އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް