ads
ފޮޓޯ: އެމްޑަބްލިއުއެސްސީ
"ދަރަންޏަށް ލުއި" ޕްރޮގްރާމުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި
ފެންބިލުގެ ދަރަނި އަދާކުރުމަށް ކަސްޓަމަރުންނަށް އެހީތެރިވުމަށްޓަކައި އެމްޑަބްލިއުއެސްސީ އިން ތައާރަފްކުރި "ދަރަންޏަށް ލުއި" ޕްރޮގްރާމުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

އެމްޑަބްލިއުއެސްސީން މިއަދު ނެރުނު ބަޔާނުގައި ބުނީ ފެނާއި ނަރުދަމާގެ ހިދުމަތް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަކީ އެކުންފުނީގެ އަމާޒަކަށްވާއިރު ބިލު ދެއްކުމުގައިވެސް ކަސްޓަމަރުންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަމަށެވެ.

އެގޮތުން ބިލަށް ފައިސާ ދެއްކުމަށް ދަތިވެފައިވާ ފަރާތްތަކަށް އެހީތެރިވުމަށް މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ހާއްސަ ޕްރޮގްރާމެއް ފަށާފައިވާކަމަށާއި ކޮވިޑްގެ ފުރަބަންދާ ގުޅިގެން އެ ޕްރޮގްރާމު ބޭނުންކުރާ ކަސްޓަމަރުން މަދުކަމަށް އެމްޑަބްލިއުއެސްސީން ފާހަގަކުރެއެވެ. އެހެންކަމުން "ދަރަންޏަށް ލުއި“ ޕްރޮގްރާމުގައި ބައިވެރި ވުމުގެ މުއްދަތު އިތުރުކޮށްފައިވާކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެ އެވެ.

"ފެންބިލުގެ ދަރަނި އަދާކުރުމުގައި ކަސްޓަމަރުން ތަހައްމަލް ކުރައްވަން ޖެހިފައިވާ ދަތިކަމަށް ލުއިފަސޭހަ ކަން ފޯރުކޮށް ދިނުމުގެ ގޮތުން، މިކުންފުނިން ތައާރަފް ކޮށްފައިވާ "ދަރަންޏަށް ލުޔެއް" ޕްރޮގްރާމްގެ މުއްދަތު 17 މާރިޗް 2021 ގެ ނިޔަލަށް އިތުރު ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. މިގޮތުގެމަތިން، 17 މާރޗް 2021 ގެ ކުރިން ފެން ބިލަށް ދައްކަވާ ފައިސާގެ އިންސައްތައިގެ ނިސްބަތުން، ޖޫރިމަނާ މައާފް ކުރެވިގެންދާނެ ވާހަކަވެސް އުފަލާއި އެކު ފާހަގަ ކުރަމެވެ." އެމްޑަބްލިއުއެސްސީގެ ބަޔާނުގައިވެ އެވެ.

އޭގެ އިތުރުން ބަޔާނުގައި ބުނީ  ކަސްޓަމަރުންނަށް ލިބުނު ފުރުސަތުގެ ބޭނުން ހިފާ ދަރަނީގެ ފައިސާ ދެއްކެވުމަށް އެކުންފުނިން އެދޭކަމަށެވެ. އަދި އެ ޕްރޮގްރާމާ ގުޅޭ މައުލޫމާތު ބޭނުންވާ ފަރާތްތަކުން އެކުންފުނީގެ 24 ގަޑިއިރު ގުޅޭ ކަސްޓަމާ ކެއާ ހޮޓްލައިން ނަމްބަރު 105 އަށް ގުޅުމުން ލިބޭނެކަމަށްވެސް މައުލޫމާތު ދީފައިވެއެވެ. އަދި 1050 އަށް އެސްއެމްސް ކުރައްވައިގެންނާއި، [email protected]  އަށް މެއިލް ކުރުމުން ލިބޭނެކަމަށް ބުނެފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް