ads
ބޭސް ފޮށްޓެއްގައި ޖަލަށް ވައްދަން މަސައްކަތް ކުރި ފޯން
މިފަހަރު ޖަލަށް ފޯނެއް ވައްދަން އުޅުނީ ބޭސް ފޮއްޓެއް ތެރޭގައި
ކ. މާފުށީ ޖަލަށް ބޭސް ފޮއްޓެއް ތެރޭގައި ތިން އިންޗިގެ ބައްތި ފޯނެއް ވައްދަން އުޅެނިކޮށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އަތުލައިގެންފިއެވެ.

މިކަމާއި ގުޅިގެން ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މާފުށީ ޖަލަށް އެތެރެ ކުރަން އުޅުނު ތިން އިންޗީގެ ފޯނެއް އަތުލާގަނެފައި ވާކަމަށެވެ. މީގެ އިތުރުން ޖަލަށް އެއްޗެހި ވެއްދުމުގައި ގައިދީން ތަފާތު އުކުޅުތައް ބޭނުން ކުރަމުން ދާ ކަމަށާއި އެ އުކުޅުތައް ދެނެގަތުމަށް އެކަން ހުއްޓުވުމަށް އޮފިސަރުން އަޅަމުންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތްތަކެއް ކުރެވެމުން ދާކަމުގައި ފާހަގަކުރައްވާފައިވެއެވެ. 

މީގެ އިތުރުން ކޮށްފައިވާ ޓްވީޓްގައި ބުނެފައިވަނީ ޖަލަށް ވައްދަން މަސައްކަތް ކުރާ މިފަދަ ތަކެތި އަތުލާ ގަތުމަށް ކާމިޔާބުކަމާއި އެކު އޮޕްރޭޝަންތަކެއް ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ. މި އޮޕަރޭޝަނުން އެނގިގެން ދިޔައީ ޑެލިވަރީކުރާ އެއްޗެހި ޖަަލަށް ވައްދަނީ މީހުން ޖަލަށް ޒިޔާރަތްކުރާ އިރުއާއި ފެންސް މަތިން ޖަލު ތެރެއަށް އެއްޗެހި އުކައިގެންކަން ފާހަގަކޮށްފައިވެއެވެ. 

"ސީއެންއެމް" އަށް މައުލޫމާތު ދެމުން މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ މީޑިޔާ އޮފިޝަލް އައިމިނަތު ޔުސްރީން އަހުމަދު ވިދާޅުވީ ޖަލަށް ވައްދަން މަސައްކަތް ކުރާ މަނާތަކެތި ދެނެގަތުމަށް ހިންގޭ އޮޕަރޭޝަންތަކުގެ ތެރޭގައި ސާވިސް ޕްރޮވައިޑާސް އާއި ގުޅިގެން މަސައްކަތް ކުރައްވަމުން ގެންދާ ކަމަށެވެ. އަދި ޓެކްނޮލޮޖީގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން ޖަލަށް ވެއްދޭ މަނާތަކެތި ހުއްޓުމުގެ މަސައްކަތް ކުރެވެމުންދާ ކަމުގައިވެސް އޭނާ ފާހަގަކުރައްވާފައި ވެއެވެ.

އޭނާ އިތުރަށް ވިދާޅުވީ އާންމުންގެ ފަރާތުންނާއި ޕޮލިސް އިންޓެލިޖެންސްގެ ފަރާތުން މިކަން ހުއްޓުވުމަށް ކުރެވެމުންދާ މަސައްކަތުގައި އެހީތެރިކަން ލިބެގެން ދާކަމުގައެވެ.

އެގޮތުން ޖަލަށް މެއި މަހުގައި 20 ފޯންނާއި، 21 ސިމްކޮޅާއި، 12 ޗާޖަރާއި، ތިން ހެޑްސެޓްގެ އިތުރުން ޖަލަށް ވެއްދުން މަނާ 20 އެއްޗެއް އޮފިސަރުން އަތުލާގަނެވިފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް