ads
ކަޅު ނަސްލުގެ މީހުން ވައިރަހުގެ ސަބަބުން މަރުވާ މިންވަރު ދެ ގުނަ އިތުރު
ދޮން ނަސްލުގެ މީހުންނަށް ވުރެ ކަޅު ނަސްލުން އައިސްފައިވާ މީހުން ކޮވިޑް-19 ބަލީގެ ސަބަބުން މަރުވާ މިންވަރު ދެ ގުނަ އިތުރު ކަމަށް ތަފާސްހިސާބު ތަކުން ދައްކައިފި އެވެ.

އިނގިރޭސި ވިލާތުގެ އޮފީސް ފޯ ނޭޝަނަލް ސްޓެޓިސްޓިކްސް (އޯއެންއެސް) އިން ނެރެފައިވާ އެންމެ ފަހުގެ ތަފާސްހިސާބު ތަކުން ދައްކާ ގޮތުގައި ކޮވިޑް-19 ވައިރަހުގެ ސަބަބުން ދޮން ނަސްލުގެ މީހުންނަށް ވުރެ ކަޅު ނަސްލުން އައިސްފައިވާ މީހުން މަރުވާ މިންވަރު ދެ ގުނަ އިތުރެވެ.

އޯއެންއެސްގެ ހެލްތު އެނަލިސިސް އަދި އަދި ލައިފް އިވެންޓް ޑިވިޝަނާއި، ޕަބްލިކް ޕޮލިސީ އެނަލިސިސް ގެ ނިކް ސްޓަރައިޕް އެ ޖަމިއްޔާއިން ނެރެފައިވާ އެންމެ ފަހުގެ ޑޭޓާތައް ހިއްސާ ކުރައްވަމުން ވިދާޅުވީ، އޯއެންއެސްއިން މި އޮޅުންފިލުވައިދޭން ނޭނގޭ މަރުތަކުގެ ހަގީގަތް ކުރިއަށް އޮތްތާގައި ވެސް ބަލާ ދިރާސާ ކުރަމުން ދާނެ ކަމަށެވެ. އަދި ސިއްހީ ހާލަތުތައް އިތުރަށް ރަނގަޅަށް ބަލާ އެ ކަންތައްތަކުން ކޮށްފައިވާ އަސަރަށް ވެސް ބަލައިލާނެ ކަމަށް ވަނީ ބުނެފަ އެވެ.

"އެނަލިސިސް އިން ދައްކާ ގޮތުގައި، ކަޅު ނަސްލުގެ ބެކްރައުންޑަކުން އައިސްފައިވާ މީހުންނަށް ކޮވިޑް-19 ވައިރަހުން ކުރާ އަސަރު އަދި ވައިރަހުން މަރުވުމުގެ އަސަރު އެހެން ނަސްލުތަކުން އައިސްފައިވާ މީހުންނަށް ވުރެ ބޮޑު ކަމަށް ދައްކާ"
- ނިކް ސްޓްރައިޕް

އޭގެ އިތުރުން، ބަންގްލަދޭޝް، ޕާކިސްތާން އަދި އިންޑިއާ އަށް ނިސްބަތްވާ ނަސްލުތަކުން އައިސްފައިވާ ފިރިހެނުން ވައިރަހުގެ ސަބަބުން މަރުވާ މިންވަރު ވެސް ދޮން ނަސްލުގެ ފިރިހެނުންނަށް ވުރެ އިތުރު ކަމަށް ދައްކާ ކަމަށް އޯއެންއެސް އިން ވަނީ ބުނެފަ އެވެ. އެގޮތުން، އެ ނަސްލުތަކުން އައިސްފައިވާ ފިރިހެނުން މަރުވާ މިންވަރު ދޮން ނަސްލުގެ ފިރިހެނުންނަށް ވުރެ 1.5 އަދި 1.6 ގުނަ އިތުރު ކަމަށް ތަފާސްހިސާބުން ދައްކަ އެވެ.

your imageއިނގިރޭސި ވިލާތުގައި ކޮވިޑް-19 ގެ ސަބަބުން މަރުވެފައިވާ ބައެއް މީހުން

ނަމަވެސް، ބަންގްލަދޭޝް، ޕާކިސްތާން، އިންޑިއާ، ޗައިނާ އަދި އެހެނިހެން އެތުނިކް ނަސްލު ތަކުން އައިސްފައިވާ އަންހެނުންނާއި ދޮން ނަސްލުގެ އަންހެނުންނަށް ވައިރަހުގެ އަސަރުން ކުރާ އަސަރު ގާތްގަނޑަކަށް އެއްވަރު ކަމަށް އޯޢެންއެސް އިން ވަނީ ބުނެފަ އެވެ.

މި ކަމުގެ ހަގީގަތް ދިރާސާ ކުރާ ވާހަކަ އެ ޖަމިއްޔާއިން ބުނެފައިވީ ނަމަވެސް، ގިނަ ބަޔަކު ދެކޭ ގޮތުގައި، ވައިރަހުގެ ސަބަބުން ކަޅު ނަސްލުގެ މީހުންނަށް ކުރާ އަސަރު ބޮޑު ކަމަށް ދައްކަނީ، މި ފަދަ ހާލަތެއްގައި ވެސް ނަސްލީ ތަފާތު ކުރުންތައް އޮންނާތީވެ، އެހެން މީހުންނަށް ފޯރުކޮށްދޭ ވަސީލަތްތައް ކަޅު ނަސްލުގެ މީހުންނަށް ލިބެން ނުހުރުމުގެ ސަބަބުން ނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް