ads
ތައިލެންޑްގެ އޯލް ޓައިމް ޓޮޕް ސްކޯރަ ސިލްވާ
ތައި ލީގުގެ އޯލްޓައިމް ޓޮޕް ސްކޯރަރ ބެންގަލޫރު އެފްސީއަށް
ތައިލެންޑްގެ ޓޮޕް ޑިވިޝަންގައި މިހާތަނަށް އެންމެ ގިނަ ގޯލް ޖަހާފައިވާ، ބްރެޒިލްގެ ކްލިޓޯން ސިލްވާ، ބެންގަލޫރު އެފްސީއަށް ސޮއިކޮށްފިއެވެ. ބެންގަލޫރު އެފްސީން މިއަދު ބުނި ގޮތުގައި ސިލްވާ، އެ ކްލަބަށް ސޮއިކުރީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ. އެހެންނަމަވެސް އެއްބަސްވުމުގެ މުއްދަތު އިތުރު އެއް އަހަރަށް އިތުރު ކުރެވޭނެ ކަމަށް އެ ކްލަބުން ބުންޏެވެ.

އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ބެންގަލޫރުން ސޮއިކުރުވި ތައިލެންޑް ލީގުގެ އޯލް ޓައިމް ޓޮޕް ސްކޯރަރ ބްރެޒިލްގެ ސިލްވާއަކީ ތައިލެންޑް ލީގުގައި ސަތޭކަ ގޯލް ޖެހި ބިދޭސީ ފުރަތަމަ ކުޅުންތެރިޔާއެވެ. އޭނަވަނީ 2012 ވަނަ އަހަރު އަދި 2016 ވަނަ އަހަރު ތައިލެންޑްގެ ޓޮޕް ސްކޯރަރގެ މަގާމުވެސް ހޯދާފައެވެ. އޭނާވަނީ ތައިލެންޑް ލީގުގައި ޖުމްލަ 193 ގޯލް ޖަހާފައެވެ. އޭނާވަނީ ތައިލެންޑުގެ ލީގާ، ތައިލެންޑް ލީގު ކަޕް އަދި ތައިލެންޑް ޗެމްޕިއަންސް ކަޕުވެސް ހޯދާފައެވެ.

ފުރަތަމަ ފަހަރަށް އެއްވެސް ތައްޓެއް ނުލިބި ސީޒަން ނިންމާލަން ޖެހުނު ބެންގަލޫރު އެފްސީން އަންނަނީ އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރަމުންނެވެ. އިންޑިއަން ސުޕަރ ލީގުގައި ތިންވަނައަށް ނިންމާލަން ޖެހުނު އިރު، ސުޕަރ ލީގު ކަޕުގެ ފައިނަލަށްވެސް ބެންގަލޫރު އެފްސީ ނިމުނު ސީޒަންގައި ނުދެއެވެ. އަދި މީގެ އިތުރުން ބެންގަލޫރު އެފްސީއަށް މި ފަހަރު ދިމާވި އެންމެ ބޮޑު އެއް ލަދުވެތި ކަމަކީ، ރާއްޖޭގެ މާޒިޔާ އަތްދަށުވެ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖަށްވެސް ނުދެވުމެވެ.

ބެންގަލޫރު އެފްސީން އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ މަސައްކަތް ފަށާފައިވާއިރު، އިންޑިޔާގެ ފުޓްބޯޅަ ސީޒަން ފެށޭނީ އަންނަ އޮގަސްޓް މަހުއެވެ. އަންނަ އަހަރުގެ އޭއެފްސީ ކަޕުގެ ޕްލޭ އޮފުން ބެންގަލޫރު އެފްސީއަށް ޖާގަ އެއް ލިބިފައިވާއިރު، ޕްލޭ އޮފްގައި ރާއްޖޭން އަންނަ އަހަރު ވާދަކުރާނީ ކްލަބު އީގަލްސްއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް