ads
ޑީޖީ މައިމޫނާ އަބޫބަކުރު
ޑީޖީ މައިމޫނާ ހޮސްޕިޓަލަށް ގެންދެވުނީ ކޮވިޑާއި ގުޅިގެންނެއް ނޫން: މަބްރޫކް
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރުގެ ހާޅުކޮޅު ރަނގަޅުކަމަށް ނެޝަނަލް އިމަޖެންސީ އޮފަރޭޝަން ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.

މައިމޫނާ ހޮސްޕިޓަލްގައި އެޑްމިޓް ކުރެވުނު އަޑުތައް މީޑިއާގައި ފެތުރެން ފެށުމާއި ގުޅިގެން ސީއެންއެމްއިން ސުވާލުކުރުމުން މަބްރޫކް ވިދާޅުވީ އިއްޔެގެ ކުޑަ ވަގުތުކޮޅަކަށް އެޑްމިޓް ކުރެވިގެން ދިޔަ ކަމުގައި ވީނަމަވެސް މިހާރު އެކަމަނާ ހުންނެވީ ގޭގައި ހެޔޮ ހާލުކޮޅުގައި ކަމަށެވެ. 

"ޑީޖީ ކުޑަ ވަގުތު ކޮޅަކަށް އޮބްޒަވޭޝަންއަށް ހޮސްޕިޓަލްގައި ބާއްވާލެވުނު. އެހެން ނަމަވެސް މިހާރު އެކަމަނާ ހުރީ ގޭގަ" މަބްރޫކް ވިދާޅުވިއެވެ.

މައިމޫނާ ހޮސްޕިޓަލަށް ގެންދެވުނީ ކޮވިޑާއި ގުޅުން ހުރި ކަމެއްގައި ނޫން ކަމުގައި މަބްރޫކް އިތުރަށް ވިދާޅުވެފައިވެއެވެ. އަދި އެއީ ޒާތީ މައުލޫމާތުތަކަަށް ވުމުން މިކަމާ ގުޅޭ އިތުރު ތަފްސީލު މަބްރޫކު ހާމަ ކުރައްވާފައެއް ނުވެއެވެ.

"ޑީޖީއަށް އަޅުގަނޑު ގުޅާލުމުން ބުނީ ގޭގައި ހުރިކަމަށް. ހާޅުވެސް ރަނގަޅުކަމަށް. މިއަދު އެންއީއޯސީއަށްވެސް އައި" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ މައިމޫނާގެ މާ ސީރިއަސް ކަމެއް ނެތް ކަމަށާއި އިއްޔެ ހޮސްޕިޓަލުގައި އެޑްމިޓްކުރުމަށްފަހު މިހާރު ގެއަށް ދޫކޮށްލާފައިވާ ކަމަށެވެ. އަދި އެކަމަނާގެ ހާލުކޮޅު ރަނގަޅުކަމަށާއި މިއަދު ހެނދުނު ނެޝެނަލް އިމަޖެންސީ އޮފަރޭޝަން ސެންޓަރަށްވެސް ވަޑައިގެންފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ހައިސިއްޔަތުން މައިމޫނާއަކީ ކޮވިޑް-19 އާއި ގުޅުން ހުރި މުހިއްމު ގިނަ ނިންމުންތަކެއް ނިންމުމުގެ ބާރު ޤާނޫނުން ލިބިވަޑައިގަންނަވާ ފަރާތެވެ. މައިމޫނާ ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާތާ 30 އަހަރަށް ވުރެ ގިނަދުވަސް ވެއްޖެއެވެ. ސިއްހީ ނުރައްކަލުގެ ހާލަތު ރާއްޖޭގައި އިއުލާނު ކުރުމާއި ކޮވިޑް-19 އާއި ގުޅިގެން މިހާތަނަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅާފައިވަނީ އެކަމަނާގެ ބެއްލެވުމުގެ ދަށުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް