ads
ގާޒީ ބާރީ: ފޮޓޯ / ސަން
ޖުވެނައިލް ކޯޓުގެ ގާޒީ ބާރީ ސަސްޕެންޑުކޮށްފި
ޖުވެނިއަލް ކޯޓުގެ ގާޒީ އަބްދުއް ބާރީ ޔޫސުފް ފަނޑިޔާރުކަމުން ސަސްޕެންޑުކޮށްފިއެވެ.
Advertisement
ޖުވެނިއަލް ކޯޓުގެ ގާޒީ އަބްދުއް ބާރީ ޔޫސުފް ފަނޑިޔާރުކަމުން ސަސްޕެންޑުކޮށްފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) މިއަދު ބުނީ ގާޒީ ބާރީއަކީ ރާއްޖޭގައި މިފަހުގެ ތާރީހެއްގައި ހިނގާދިޔަ އެންމެ ބޮޑު އެއް ހިޔާނާތް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާއިން މާލީ މަންފާ ލިބިލެއްވި ފަނޑިޔާރުންގެ ތެރޭގައި ހިމެނޭ ބޭފުޅެއް ކަމަށެވެ.

އަދި ގާޒީ ބާރީގެ މައްސަލައެއް ފުލުހުން ބަލަމުން އަންނަ ކަމަށްވެސް ޖޭއެސްސީން ވަނީ ބުނެފައެވެ. އެހެންކަމުން ގާޒީ ބާރީގެ ސުލޫކީ މައްސަލައެއް ބެލުމަށާއި ޖޭއެސްސީގެ ގާނޫނުގެ 25ވަނަ މާއްދާގެ ދަށުން ގާޒީ ބާރީ މަގާމުން ވަގުތީ ގޮތުން ދުރު ކުރުމަށް ނިންމާފައިވާ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

ޖޭއެސްސީން މިގޮތަށް ބުނެފައިވާއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ސިޔާސީ ފަރާތްތަކަށް ހުކުމްކުރެއްވިއިރު ކްރިމިނަލް ކޯޓުގެ އިސްގާޒީއަކަށް ހުންނެވީ ގާޒީ ބާރީއެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރެއްވީވެސް ގާޒީ ބާރީއެވެ. މީގެއިތުރުންވެސް ގިނަ ސިޔާސީ ފަރާތްތަކަށް ގާޒީ ބާރީ ވަނީ ހުކުމް ކުރައްވާފައެވެ
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;