ads
ބައްޕައިންގެ ދުވަހާއި ގުޅިގެން އަނިލްއާއިއެކު ކުރީގެ ފޮޓޯއެއް ސޯނަމް ހިއްސާ ކޮށްފި
ބައްޕައިންގެ ދުވަހުގެ ތަހުނިޔާއާއި އެކު އަނިލްއާއި ސޯނަމް ގެ ކުރީގެ ފޮޓޯ އެއް އިންސްޓަގްރާމްގައި ސޯނަމް ހިއްސާ ކޮށްފި އެވެ.

ސޯޝަލް މީޑިއާގައި އާންމުކޮށް ފޮޓޯ އާއި ޕޯސްޓުތައް ހިއްސާ ކުރާ ބޮލީވުޑް ތަރި ސޯނަމް ކަޕޫރް ވަނީ އޭނާގެ ބައްޕަ މަޝްހޫރު ފިލްމީ ތަރި އަނިލް ކަޕޫރް އާއި ސޯނަމް ގެ ކުރީގެ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާ ކޮށްފަ އެވެ. ސޯނަމް މި ފޮޓޯ އިންސްޓަގްރާމްގައި ޕޯސްޓު ކޮށްފައި ވަނީ، އޭނާގެ ބައްޕަ އަށް ބައްޕައިންގެ ދުވަހުގެ ތަހުނިޔާތައް އަދާ ކުރަމުން ނެވެ.

މި ފޮޓޯއިން ފެނިގެން ދަނީ އަނިލް އޭނާގެ ދަރިފުޅު ސޯނަމް އުރާލައިގެން ހުންނަ މަންޒަރެވެ. ސޯނަމް ތުއްތުއިރު ހުރިލެއް ލޯބި ކަމުން މި ފޮޓޯއަށް ވަނީ ގިނަ ބައެއްގެ ސަމާލުކަން ލިބިފަ އެވެ.

your imageސޯނަމް އަދި އަނިލް ކަޕޫރް

އަދި މި ފޮޓޯގެ އިތުރުން ސޯނަމް ވަނީ އޭނާއާއި އޭނާ ކޮއްކޮ ރިއާ ކަޕޫރު އެ ދެ މީހުންގެ ބައްޕަ އާއި އެކު އިން ފޮޓޯއެއް ވެސް ހިއްސާ ކޮށްފަ އެވެ.  

your imageއަނިލް، ސޯނަމް އަދި ރިއާ ކަޕޫރް

ބޮލީވުޑްގައި މިހާރު އެންމެ މަޝްހޫރު އެއް ތަރި ކަމަށްވާ ސޯނަމް ވަނީ އޭނާގެ ބައްޕަ އަނިލް ކަޕޫރާއި އެކު ވަރަށް ފަހުން ފިލްމަކުން ފެނިގެން ގޮސްފަ އެވެ. 'އޭކް ލަޅްކީ ކޯ ދޭކާ ތޯ އޭސާ ލަގާ" ނެރެފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގަ އެވެ.

އޭގެ އިތުރުން، ސޯނަމް ފެނިފައިވާ މަޝްހޫރު ފިލްމު ތަކުގެ ތެރޭގައި، "ދަ ޒޯޔާ ފެކްޓާ"، "ދުލްގާރު ސަލްމާން" އަދި މޯހިތު ސޫރީގެ މި އަހަރުގެ ފެބްރުއަރީ މަހު ރިލީޒްކުރި "މަލާންގް' ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް